Support Us

ރައީސް މައުމޫން އޯގަސްޓް 26 ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލްގައި: ހާލުކޮޅު ރަނގަޅު -އަދިވެސް ފޮޓޯ

އެއީ ނަސްރީނާގެ ހެދުމެއް ކަމަށް ބުނެ ޖޯކު ޖެހި މީހަކަށް ރައީސް މައުމޫން އެކަން ސާފުކޮށްދެއްވައިފި

ކޮވިޑް19 އަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު، ތުރުކުރައްވައިގެން އޮންނެވި މާޖެހި ޕިޖާމާ އަކީ، އަނބިކަނބަލުން ނަސްރީނާ އިބްރާޙިމްގެ ހެދުންކޮޅެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ޖޯކު ޖެހި މީހަކަށް، ރައީސް މައުމޫން އެކަން ސާފުކޮށްދެއްވައިފި އެވެ.

ޓްވީޓަރގައި ޒީނަތު ނޫރައްދީން ބުނެފައި ވަނީ ލޯތްބަކީ އިމެއް ނެތް އެއްޗެއް ކަމަށާއި އަނބިކަނބަލުން ނަސްރީނާއާ ވަކިން އޮންނަވަން ރައީސް މައުމޫން ބޭނުންފުޅުނުވާ ކަަމަށެވެ. އެހެންވެ ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވާއިރު އާއިލާަގެ ބޭފުޅުންނަށް އަރިހުގައި ނުތިއްބެވޭނެތީ، އާއިލާއާ އެކުގައި ވުމަށްޓަކައި ނަސްރީނާގެ ހެދުންކޮޅެއް ތުރުކުރެއްވީ ކަމަށެވެ. އެއީ އަނބިކަނބަލުންނަށް އޮތް ލޯބީގެ ފުރިހަމަ ނިޝާނެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އެ ޓްވީޓަށް ރައްދު ދެއްވައި ރައީސް މައުމޫން ވިދާޅުވީ ޒީނަތުގެ ރީތި ބަސްތަކަށް ޝުކުރު އަދާކުރައްވާ ކަމަށާއި އެކަމަކު އެ ފޮޓޯއިން އެ ފެންނަނީ އަމިއްލަފުޅު ޕިޖާމާއެއް ކަމަށާއި، އެއީ މާޖެހި ޕިޖާމާއެއް ކަމަށެވެ.

ރައީސް މައުމޫންގެ އެ ފޮޓޯއަކީ ކޮވިޑް19 ގައި އެ މަނިކުފާނު ދަރުމަވަންތަ ހޮސްޕިޓަލްގައި ހުސްވި އޯގަސްޓް 25 ވަނަ ދުވަހުގެ ރޭ އެޑްމިޓްކުރުމުން، ހަމައެކަނި "އަދިވެސް" އަށް ލިބިފައިވާ ފޮޓޯއެކެވެ.


ރައީސް މައުމޫން މިއަދު ވިދާޅުވީ އެ މަނިކުފާނުގެ ހާލުކޮޅު ވަރަށް ރަނގަޅު ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް