Support Us

2023ގެ ރިޔާސީ އިންތިޚާބަށްފަހު އިންޑިޔާ ސިފައިން ރާއްޖެއިން ބާލާނަން: އުމަރު

ދެހާސް ތޭވީހުގެ ރިޔާސީ އިންތިޚާބަށްފަހު އިންޑިޔާގެ ހުރިހާ ސިފައިން މި ޤައުމުން ބާލާނެ ކަމަށާއި އިންޑިޔާގެ އަދި ޗައިނާގެ އުނގަކަށް ރާއްޖެ ނުވެއްޓޭނެ ކަމަށް، 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިހެން ވިދާޅުވީ އިންޑިއާގެ ފަރާތުން ހަދާ ޕޮލިސް ޓްރޭނިން ސްކޫލް އައްޑޫގައި ބިނާކުރަން ނިންމީ އުމަރުގެ ވަޒީރުކަމުގައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެ، އިންޑިއާ އިން ހަދާ ޕޮލިސް ޓްރޭނިން ސްކޫލްގެ ކަންތައް އުމަރުގެ އިސްތަށިފުޅަށް ކަނޑާލައްވާ މޭރުމަކުން ޝާހިދު ވާހަކަފުޅު ދައްކަވައި އުމަރަށް ޝުކުރު އަދާކުރެއްވުމުން، އެކަމަށް ރައްދު ދެއްވައި ފޭސްބުކްގައި މިއަދު ކުރެެއްވި ޕޯސްޓެއްގަ އެވެ.

"2023 ވަނަ އަހަރުގެ އިންތިޚާބަށް ފަހު އިންޑިޔާގެ ހުރިހާ ސިފައިން އިރާދަކުރެއްވިއްޔާ މި ޤައުމުން ބާލާނަން.
އިންޑިޔާގެ އަދި ޗައިނާގެ އުނގަކަށް މި ޤައުމު ނުވެއްޓޭނެ. މިއީ އަޅުގަޑުމެން ފަޚުރުވެރިވާ މިނިވަން ޤައުމެއް" އިންޑިއާގެ މިލިޓަރީން ރާއްޖެއަށް އަތްގަދަކުރަން ކުރާ މަސައްކަތަށް އެންމެ ފާޅުގައި ދެކޮޅު ހައްދަވާ ސިޔާސީ ލީޑަރު ވިދާޅުވިއެވެ.

އައްޑޫ ހަންކެޑެ ސަރަހައްދުގައި ޕޮލިސް ޓްރޭނިން ސްކޫލް އަޅަން ނިންމި ސަބަބާ ބެހޭ ގޮތުން ވެސް އުމަރު ވަނީ ޖަވާބު ދެއްވައިފައެވެ.

"އައްޑޫ އަކީ ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު އަތޮޅު ކަމަށް ވެފައި، ވަޒީފާގެ ފުރުސަތުތައް މަދު ކަމުން، އެ އަތޮޅަށް އިތުރު ފުރުސަތު ހޯދައިދިނުމުގެ ގޮތުން ފުލުހުންގެ ތަމްރީން މަރުކަޒު އައްޑޫގައި ގާއިމް ކުރަން ނިންމީ އަޅުގަނޑު. މިހާރު އަޅަމުންދާ މަރުކަޒަކީ އަޅުގަނޑު ނިންމި ފުލުހުންގެ މަރުކަޒު ކަމަށް ވެއްޖެ ނަމަ، އުފަލުގެ ކޮޅެއްވެސް ނެތް. ނަމަވެސް ޑިސައިން ބަދަލުކޮށް، އިމާރާތްތަކުގައި ކުރެވޭ ބޭނުން ބަދަލުކުރެވޭ ގޮތަށް އެޅެމުންދާ މަރުކަޒެއް ނަމަ ހިތާމައިގެ ކޮޅެއްނެތް" އުމަރު ވިދާޅުވިއެވެ. "އަޅުގަނޑު ސޮއިކުރީ ހިލޭއެހީގައި ތަމްރީން މަރުކަޒެއް އެޅުމަށް. މި ސަރުކާރު އައި ފަހުން އެ އެގްރީމަންޓް އަށް އިތުރު ކުރެވުނު ނުކުތާތައް އެގިލައްވާނީ މިނިސްޓަރ ޝާހިދުއަށް. ފެންނަނީ އިންޑިޔާގެ ސިފައިންތައް އައިސް ގޮސްވާތަން."

ހަންކެޑެ ސަރަހައްދުގައި އިންޑިއާ އިން ހަދާ ޕޮލިސް ޓްރޭނިން ސްކޫލް

ހެލިކޮޕްޓަރެއް ހަދިޔާކުރަން ރާއްޖެ އައި އިންޑިއާ ސިފައިން، އަށް އަހަރުވީއިރު އަދިވެސް މިއުޅެނީ ހެލިކޮޕްޓަރު ހަވާލުކޮށްފައި ނުފުރިގެން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

"ތިޔަ މަރުކަޒު ބަލާލަން މީޑިޔާތަކަށް ދަޢުވަތު ދެއްވާ! އެއްވެސް ސިފައެއްގައި އިންޑިޔާގެ ސިފައިން ނުވަތަ ތަމްރީން ހަދަން ގެންނަ އިންޑިޔާ ސިފައިން ތި މަރުކަޒުގައި ނުތިބޭނެ ކަމުގެ ޔަގީން ކަމެއް ސަރުކާރުން ދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އަދި އެގްރީމެންޓް އަށް ބައެއް އިތުރު ކުރެވިފަވާނަމަ އެބައި ހާމަކޮށް ދެއްވުމަށް ވެސް ދަންނަވަން،" ފޮރިން މިނިސްޓަރު ޝާހިދަށް ރައްދު ދެއްވައި އުމަރު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. އުމަރެއް ކާސިމެއް ނޯންނާނެ.. ވެރިކަމުގައި ތިއްބެވި ބޭފުޅުންތަކަށް ކަންކުރުމުގެ ބާރު މިހާރު އޮތީ.. ޕްލީޒު އެމީހުން ނުބައިތިއްބާ އައްޑޫގައި..

    ވެރިކަން ބޭނުންގޮތަކަށް ކުރައްވާ..! އެކަމަކު ގައުމު ހިމާޔަތް ކުރައްވާ.! އިންޑިޔާގެ ވިސްނުމުގެ ހުރިނުރައްކާ މިއެގެނީ ކުޑަކޮށް ބަޔަކު އެއްޗެއް ބުނެލާއިރަށް ޝާހިދު އާއި ބައްދަލުކޮށް އިންޑިޔާގެ ވިސްނުމާއި ދެކޮޅަށް ރައްޔަތުން ވާހަކަ ދައްކާކަމަށް ބުނީމަ އޭގެ މާނަ ވަރަށް ސާފު.. އެބުނާ އިންޑިޔާއިން ކަންބޮޑުވަނީ ކީއްވެ.. ގައުމުގެ މީހުންނޭދޭ ނަމަ, އެމީހުން އެގައުމަށް ޚިދުމަތް ނުދިނީމަ ވީއެއްނު..

    ދެންކޮކަމަކާއި ތޯ އިންޑިޔާ ކަންބޮޑުވަނީ.. އެމީހުންގެ އެޖެންޑާއެއް އޮތީމަ ނޫންތޯ?

    ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުއްޓަސް އަހަރުމެންނަށް ހެޔޮ އެކަމަކު..އައްޑޫ ގައި އިންޑިޔާގެ މިލްޓްރީ މީހުން ނުބާތިއްބާ?

    ޕްލީޒު.. ސަރުކާރު ގައި އާދޭސް މި ކުރަނީ.! އިންޑާ މީހުން މި އަތޮޅުގައި ނުބާތިއްބާ!

  2. ޝާހިދު ހާދަ ވަރެއް މިދައްކަނީ ގައުމު ވިއްކާލަން.. އެއީ އެކަޑަމީއެއްނޫން..

    ރާޢްޖޭގެ ދިފާއީ މަރުކަޒަށް ވުރެން ވަރުގަދަކޮށް ކަނޑުންނާއި އެއްގަމުން އެރޭގޮތަށް ސްޓެރޓެޖިކް ލޮކޭޝަނަކުން އެއޮތީ މިލްޓްރީ ބޭސް ހަދާ ނިންމާފަ..

    އައްޑުވައް އެއްވެސް ބަޔަކު ވެރިކަމުގެ ވޯޓު ހޯދަން އަންނާންވާނީ މި އިންޑިޔާ ބޭސް މިތަނުން ބޭރުކޮށް އިންޑިޔާ މީހުން އަތުން މިތަން އަތުލާފައި..

    ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ހެޔޮ މިކަން ކުރަން އެއްބަސްވާ ބަޔަކު އާދޭ ވޯޓުވެސް ލިބޭނެ.. ސަޕޯޓުވެސް ކުރާނަން..

    މީއައްޑޫގެ ދަރިންގެން އަޑު.. އިންޑިޔާމީހުން އައްޑުއަށް ނާރުވާ އާދޭސް މިކުރަނީ..

    ކުރީން ކޮންމެ ކަމެއް ކޮށްފައި އޮތަސް މިހާޜު ބާރުގައި ތިބީ ތިބޭފުޅުން އަވަށް ހައްލު ކުރޭ..
    އެއީ ނުރައްކާ ރޭވުންތެރިން އެމީހުންގެ މަޅީންގައުމު ސަލާމަތް ކުރައްވާ.. ހުވަޔާއެއްގޮތަށް ޢަމަލު ކުރައްވާ..

    އިންޑިޔާ މީހުން ގެ ފޮރުވިފައިވާ މަޤްސަދުވާކަން މިހާރު މިހިގާކަންކަމަށް ބެލީމަވެސް އެބަސާފުވޭ ދޮއްތޯ؟ ބަޔަކު އެވާހަކަ ދައްކާ އިރަށް ފޮރިންއަށް ހުށަހެޅި.. އިންޑިޔާ ނުރުހޭ ވާހަކައެއްކަން ދޭހަކޮށްދިނި.. މިވަރުން ވިސްނަވާ އެމީހުން މިއުޅެނީ ކީއްކުރަން ކަން..

    އާދޭސް މިދަންނަވަނީ އިންޑިޔާއަށް 200 މިލިޔަން ޑޮލަރަށް އައްޑޫ ނުވިއްކާ އެފައިސާ އަބުރާ ދީ..

    އެފައިސާ ނަގައިގެން ބޮޑު މުސާރައިގައި މީހުންތިބުމަށް ވުރެން ކުޑަމުސާރައިގައި ތިބެ ގައުމު ހިމާޔަށް ކުރުަން ބުއްދިވެރި.. ޕްލީޒު.. ވެރިންނޭ އަޑު އައްސަވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް