މެލޭޝިޔާގައި ގެއްލިގެން ހޯދަމުންދިޔަ ދިވެހި ދަރިވަރު ދެ ދުވަހަށްފަހު މިއަދު ފެނިއްޖެއެވެ.
އާދިއްތަ ދުވަހު މެންދުރުފަހު ތިނަކުން ފެށިގެން، އަހުމަދު އުސެއިދު އިބްރާހިމް އަފީފު ވީނުވީ ތަނެއް ނޭނގި ގެއްލުމުން ހޯދުމުގެ މަސައްކަތް ކުދަމުން ދަނިކޮށް އޭނާ ފެނުނީ ކޮން ތަނަކުން ކަމެއް ނޭނގެއެވެ. ނަމަވެސް އޭނާ މިހާރު ހުރީ އާއިލާއާ އެކުގައި ކަމަށް އިތުބާރު ހުރި މަސްދަރަކުން ކަށަވަރުކޮށްދެއެވެ.
އުސެއިދު ފެނުނުކަން މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީންވެސް ކަށަވަރުކޮށްދެއެވެ. ނަމަވެސް ތަފްސީލެއް ނުދެއެވެ.




advertisment