މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ)ގެ އެސެންޝަލް މެޑިސިން ލިސްޓުގައި ހުރި ހުރިހާ ބޭހެއް، އަންނަ މާރިޗު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަދި އެޕްރޫވްޑް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް އެޕްރީލް 15 ވަނަ ދުވަހުން ފެށިގެން (އެސް.ޓީ.އޯ) ގެ ބޭސްފިހާރަތައް މެދުވެރިކޮށް ލިބޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވާހަކަފުޅު ދައްކަވަނީ pic.twitter.com/YhK1vBPcqK
— adhives.mv (@AdhivesOnline) February 24, 2025
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ، ފާމަސީތަކުން އެތައް ގުނައެއް އިތުރަށް ފައިދާ ޖައްސައިގެން ބޭހުގެ ވިޔަފާރިކުރިކުރުން ނިމުމަކަށް ގެނެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ފަހަކަށް އައިސް ކުރިމަތިވި ބޭހުގެ ދަތިކަމަކީ، ސީދާ މި ކަމުގެ ސަބަބުން ކުރިމަތިކުރުވި ދަތިކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އެއްވެސް ފަރާތަކުން، ރައްޔިތުންނަށް ދަތިކުރުމުގެ ފުރުޞަތު މި ސަރުކާރަކުން ނުދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދ. މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވާހަކަފުޅު ދައްކަވަނީ pic.twitter.com/ZZ4iQunyy5
— adhives.mv (@AdhivesOnline) February 24, 2025



advertisment