Support Us

އެސްޓީއޯއިން ރޯދައަށް އެތެެރެކުރި ލުނބޯ، ކާށި މާދަމާ ވިއްކަން ފަށަނީ

އެސްޓީއޯއިން ރޯދައަށް އެތެެރެކުރި ލުނބޯ އާއި ކާށި މާދަމާ ވިއްކަން ފަށާގޮތަށް ހަމަޖައްސައިފިއެވެ.

އެސްޓީއޯއިން ބުނީ މި އަހަރުގެ ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެ ކުންފުނިން ވެފައިވާާ ތައްޔާރީތަކުގެ ދަށުން އިންޑިއާ އިން އެތެރެކުރި ފުރަތަމަ ބެޗްގެ ކާށި މިހާރު ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. މި ކާށި އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް މާދަމާ ވިއްކަން ފަށާނެ ކަމަށާއި ކާއްޓެއްގެ އަގަކީ ފަސް ރުފިޔާ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

"މީގެ އިތުރުން އެސްޓީއޯއިން ގެނައި ލުނބޯވެސް ހޮނިހިރު ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން ގަންނަން ލިބެން ހުންނާނެއެވެ." އެސްޓީއޯއިން ބުނެއެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ.

އެއީ:

އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު

ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ

ޕްރޮސެސްޑް ކާނާ: ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޑް ބީންސް، ގެރިކިރު ދަޅު

ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *