Support Us

"ސަބްވޭސް އޮފް ޔޯ މައިންޑް" ލަވަ ކިއި ޖަރުމަނީގެ ކިއެލް ސިޓީއަށް ނިސްބަތްވާ މިއުޒިކް ބޭންޑް އެފް.އީ.އެކްސް

17 އަހަރު ވީ ގޮތް ނޭނގޭ ލަވަ

ލަވައިގެ ނަން އަދި ކޮން މިއުޒިކް ބޭންޑެއް ކިއި ލަވައެއްކަން ވެސް ނޭނގޭ ލަވައެއްގެ ހުރިހާ މައުލޫމާތެއް އެންމެ ފަހުން އިންޓަނެޓްގެ އެހީގައި 17 އަހަރު ފަހުން ހޯދައިފިއެވެ.

"މިއީ އިންޓަނެޓްގައި އުޅޭ އެންމެ ގޮތް ނޭނގޭ ލަވަ،" ލަވައިގެ ހަގީގަތް ހޯދުމުގައި އުޅުނު ދިރާސާކުރުންތެރިއަކު ބުންޏެވެ.

އޭނާއަށް ހޯދުނު ގޮތުގައި ލަވައިގެ ނަމަކީ "ސަބްވޭސް އޮފް ޔޯ މައިންޑް"އެވެ. އަދި ލަވަ ކިޔައިފައިވަނީ 1980 ގެ އަހަރުތަކުގައި މާގިނަ ބަޔަކު ނުދަންނަ ޖަރުމަނު ބޭންޑެއް ކަމަށްވާ އެފް.އީ.އެކްސް.އެވެ.

ލަވައިގެ ހަގީގަތް ހޯދަން ފެށުނީ 2007 ގައެވެ. ރޭޑިއޯއިން ދުރަށް ފޮނުވިއިރު ކެސެޓަކަށް ރެކޯޑްކޮށްފައި ޑިޖިޓައިޒްކޮށްގެން އިންޓަނެޓަށް ލުމުންނެވެ. އިންޓަނެޓަށް ލީ ޖަރުމަނުގެ އެއްބަޑުއެއްބަފާ އަންހެންކުއްޖަކާއި ފިރިހެންކުއްޖެއް ވެގެންނެވެ.

ލަވައިގެ ނަމާއި ބޭންޑްގެ ނަން ރެޑިޓް ފޯރަމްގައި ދިރާސާކުރި ފަރާތުން ހާމަކުރުމުން ބޭންޑަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ.

"އިންޓަނެޓްގައި މި ލަވައިގެ ނަމާއި ބޭންޑްގެ ނަން ހޯދަން އުޅޭކަމެއް އަހަރެމެންނަކަށް ނޭނގޭ،" އުމުރުން މިހާރު 68 އަހަރުވެފައިވާ ބޭންޑްގައި ކީބޯޑު އާއި ގިޓާ ކުޅެ، އަދި ބެކަޕް ލަވަ ކިއި މައިކަލް ހީޑްރިޗް ބުންޏެވެ.

ރެޑިޓް ފޯރަމަށް 2019 ގައި ލުމުން އެތައް ބައެއްގެ ސަމާލުކަން ލިބި ލަވައިގެ ހަގީގަތް ހޯދަން އެތައް ބަޔަކު މަސައްކަތްފެށިއެވެ. ނަމަވެސް އެއްވެސް މިއުޒިކް ޑޭޓާބޭސްއަކުން ނުފެނުނެވެ. މިހެންވެ މީހުން ދިރާސާކުރަން ފެށީ ލަވައިގައި ބޭނުންކޮށްފައިވަނީ ކޮން މިއުޒިކް ސާމާނެއްތޯ އާއި ލަވަކިޔުންތެރިޔާގެ އެކްސެންޓެވެ. އެ ގޮތުން މިއީ "ނިއު ވޭވް" ޖޯންރާގެ ލަވައެއްކަން އެނގުނެވެ.

ރެޑިޓްގައި އެތައް ހާސް ބަޔަކު މި ލަވައިގެ ހަގީގަތް ހޯދާކަން ޖަރުމަނުގެ މީޑިއާއިން ރިޕޯޓްކުރިއެވެ. އެންމެ ފަހުން މި ލަވައިގެ ނަން އެނގިއްޖެކަމަށް މި ހަފުތާގެ ކުރީކޮޅު މީހަކު ބުންޏެވެ.

"އެފް.އީ.އެކްސް ބޭންޑްގެ މެންބަރުންގެ މައުލޫމާތު އެނގުނީ ޖަރުމަނީގެ ދައުލަތުގެ މީޑިއާއަކުން 1980 ގެ އަހަރުތަކުގައި ބޭއްވި އާ މިއުޒިކް ބޭންޑްތަކާ ބެހޭ އިވެންޓަކުން،" އެ މީހާ ބުންޏެވެ.

އޭނާ ބުނީ ކިއެލް ސިޓީއަށް ނިސްބަތްވާ ހަތަރު މެންބަރުންގެ މި ބޭންޑަށް ގުޅުމުން ލަވައިގެ ކޮޕީއެއް އޭނާއަށް ފޮނުވައި، ލަވައިގެ ނަން ހާމަކުރިކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *