Support Us

ލިއަމް ޕޭންގެ މަރުގެ މައްސަލައިގައި ތިން މީހުން ހައްޔަރު

ވަން ޑިރެކްޝަން މިއުޒިކް ބޭންޑްގެ މެންބަރު ލިއަމް ޕޭންގެ މަރުގެ މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފިއެވެ. ނަމަވެސް މި ތިން މީހުންގެ ނަން އާޖެންޓީނާ ފުލުހުން ހާމައެއް ނުކުރެއެވެ.

އާޖެންޓީނާގެ ހޮޓަލެއްގެ ބެލްކަނީން މި ދިޔަ މަހު ވެއްޓުނު އުމުރުން 31 އަހަރުގެ ލިއަމްގެ އޮޓޮޕްސީ ރިޕޯޓުން ދެއްކި ގޮތުގައި އޭނާގެ ލޭގައި ނަފުސާނީ ބައްޔަށް ދޭ ބޭހަކާއި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކޭން އާއި ބަނގުރަލުގެ މާއްދާތައް ހިމެނޭ ކަމަށް ދައުލަތުގެ ވަކީލުން އިއްޔެ ބުންޏެވެ.

ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ހިމެނެނީ ޑްރަގް ވިޔަފާރިކުރާކަމަށް ޝައްކުކުރެވޭ މީހަކާއި ލިއަމްއަށް ކޮކޭން ދިން ހޮޓަލްގެ މުވައްޒަފަކާއި ލިއަމްއާ ގާތް ގުޅުމެއް އޮންނަ މީހެކެވެ.

ލިއަމް ހޮޓަލުގައި ހުރި ދުވަސްތަކުގައި ދެ ފަހަރެއްގެ މަތިން ކޮކޭން ދިން ކަމަށް ހޮޓަލްގެ މުވައްޒަފަށް ތުހުމަތުކުރެވެއެވެ. ލިއަމް މަރުވުމުގެ ދެ ދުވަސް ކުރިން ޑްރަގް ވިޔަފާރިކުރާކަމަށް ޝައްކު ކުރެވޭ މީހާ ލިއަމްއަށް ކޮކޭން ދިން ކަމަށް ތުހުމަތުކުރެވެއެވެ.

"ހައްޔަރުކުރި ތިން މީހުންގެ ނަން މީޑިއާއަށް ހާމަނުކުރި ނަމަވެސް އެ މީހުން ވަނީ ގައުމުން ބޭރަށް ނުދެވޭ ގޮތް ހަދައިފައި،" އާޖެންޓީނާގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ދައުލަތުގެ ވަކީލުން ބުނީ ތަހުގީގު އަދިވެސް ކުރިއަށްގެންދާނެކަމަށާއި މިހާރު މަސައްކަތްކުރަމުން އަންނަނީ ލިއަމްގެ ލެޕްޓޮޕް ކޮމްޕިއުޓަރު އަންލޮކް ކުރެވޭތޯއެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ލިއަމް ވަނީ އެ ލެޕްޓޮޕް ހޮޓެލްގެ ލޮބީގައި ހުރެ ހަލާކުކޮށްލައިފައެވެ.

ލިއަމްގެ ހަށިގަނޑު މިހާރު ވަނީ އޭނާގެ ބައްޕަ ޖެފްއާ ހަވާލުކޮށްފައެވެ. އެއީ ލިއަމްގެ ގައުމު އިނގިރޭސި ވިލާތަށް ގެންދިއުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *