Support Us

ލިއަމް ޕޭން މަރުވީ ކިހިނެތްކަމެއް އަދި ނޭނގޭ

"ވަން ޑިރެކްޝަން" މިއުޒިކް ބޭންޑްގެ މެންބަރު ލިއަމް ޕޭން މަރުވީ ކިހިނެތްކަން އަދި ކަށަވަރުނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިނގިރޭސި ވިލާތާއި އަޔަލެންޑަށް ނިސްބަތްވާ ބޭންޑްގެ ލިއަމް މަރުވީ އާޖެންޓީނާގެ ހޮޓަލެއްގެ ތިން ވަނަ ފަންގިފިލާއިން ވެއްޓިފައެވެ.

"ކޮޓަރީގައި މަސްތުވާތަކެއްޗާއި ބަނގުރާ ހުރި. ނަމަވެސް މަރުވީ ކިހިނެތްކަމާއި ކޮޓަރީގެ ބެލްކަނީން ބޭރަށް ވެއްޓުނީ ކިހިނެތް ކަމެއް ނޭނގޭ،" ފުލުހުން ބުންޏެވެ.

އުމުރުން 31 އަހަރުގައި ބުދަ ދުވަހު މަރުވި ލިއަމް މަޝްހޫރުވެގެން އައީ 2010 ގެ "އެކްސް ފެކްޓާ" މިއުޒިކް މުބާރާތުންނެވެ.

ލިއަމް މަރުވި ހާދިސާ ހިނގި ތަންތަން ބެލުމުން ފޯނެއް ވެސް ފެނިފައިވެއެވެ. އަދި އޭނާ ހުރި ކޮޓަރިން ޑޮކްޓަރީ ބޭސް ވެސް ވަނީ ފެނިފައި ކަމަށް ފުލުހުން ބުންޏެވެ.

"ލިއަމްގެ ހަށިގަނޑު ފެނުނީ އެމަޖެންސީކޮށް އެހީ ދޭ ފަރާތްތައް ހޮޓަލަށް އައުމުން. އޭނާ ވެއްޓުނުއިރު އޭނާ ހުރީ އެކަނިކަމަށް ދައްކަނީ. އޭނާ މަރުވީ ބިންމައްޗަށް ވެއްޓިކަމަށް ބެލެވެނީ. އަދި ތިން ވަނަ ފަރާތެއްގެ އަތެއްވާކަމުގެ ޒަހަމްތަކެއް ފެންނާކަށް ނެތް،" ފުލުހުން ނެރުނު ނޫސް ބަޔާނެއްގައިވެއެވެ.

ލިއަމް މަރުވިއިރު އިނގިރޭސި އަދި އަޔަލެންޑްގެ މިއުޒިކް ބޭންޑެއް ކަމަށްވާ "ގާލްސް އެލައުޑް"ގެ މެންބަރު ޝެރިލް ކޯލްއާ ކައިވެނިން ބޭރުގައި އެއް ފިރިހެން ކުއްޖަކު ލިބިފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *