ހޮލީވުޑްގެ ފްރެންޗައިޒް "ޕައިރެޓްސް އޮފް ދަ ކެރިބިއަން"އިން ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލު ޖޮނީ ޑެޕްގެ ހުތުރު ދަތްޕިލަ ރީތިކޮށްލައިފިއެވެ.
ކަނޑުފޭރޭ މީހެއްގެ ބައި އެ ފިލްމްތަކުގައި ކުޅުނު ޑެޕްގެ ދަތްޕިލަ "ފީވަމުންދާ" ކަމަށް ފާހަގަކުރެވުނީ މިދިޔަ އަހަރުގެ ކާން ފިލްމް ފެސްޓިވަލުގައެވެ. އެ ފިލްމްތަކުގައި ވެސް އޭނާގެ ދަތްޕިލަ ފެންނަނީ ކޮންމެވެސް ވަރަށް ރީނދޫވެ، ހަޑިވެފައިވާ ގޮތަށެވެ.
އުމުރުން 61 އަހަރުގެ ޑެޕްގެ ދަތްޕިލަ ރީތިކޮށްލިކަން ހާމަވެގެންދިޔައީ ބަހާމަސްގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށް އޭނާ ދިޔަ ބާއެއްގެ ވެއިޓަރެއް އޭނާ ވީޑިއޯކޮށް ސޯޝަލް މީޑިއާއަށްލުމުންނެވެ. މި ވީޑިއޯގައި ޑެޕް ހެވިފައި ހުންނަ މަންޒަރާއެކު ފެންނަނީ ދަތްޕިލަ މުޅިން ރަނގަޅުކޮށްލައިފައިވާ މަންޒަރެވެ. އެ ގޮތުން އޭނާގެ ދަތްޕިލަ މިހާރު ހުންނަނީ ސާފު ހުދުކުލައިގައެވެ.
ޑެޕް މި ގޮތަށް ކަންތައްތައްކުރި ނަމަވެސް އޭނާ ބުނީ ފުރިހަމަ ދަތްޕިލައެއް ހުރުމަކީ އޭނާ އެހާ ގަޔާވާ ކަމެއް ނޫން ކަމަށެވެ.
"އަސްލު އަހަރެންނަކީ ދަތްޕިލަ އެހާ ފުރިހަމަކޮށް ހުންނަން އެދޭ މީހެއް ނޫން. އަހަރެންގެ އުމުރުން 30 އަހަރަށް އެޅުނުއިރު ވެސް އަހަރެންގެ ދަތްތަކުގައި މައްސަލަ ހުރި،" ޑެޕް ބުންޏެވެ.



advertisment