ހޮލީވުޑަށް މަޝްހޫރުވި މެކްސިކޯގެ ބަތަލާ ސަލްމާ ހެޔެކް ބިލިއަނަޔަރަކާ ކައިވެނިކުރީ "އެރޭންޖްޑް މެރިޖެ"އްގެ ދަށުން ހެއްޔެވެ؟
"ތިބާ އޭނާއާ ކައިވެނިކުރީ ހަމައެކަނި އޭނާގެ ފައިސާއަށްޓަކައި،" މިއީ ފްރާންސްގެ މަހުޖަނު ފްހޮންސުއާ އޮންރީ ޕިނޯއާއެކު ޒަވާޖީ ހަޔާތެއް ފެށުމުން ވަރަށް ގިނަ މީހުންގެ ފަރާތުން ސަލްމާއަށް އިވުނު ކޮމެންޓެކެވެ.
މި ދެ މީހުން ފުރަތަމަ ބައްދަލުވީ 2006 ގައެވެ. އަދި ވަގުތުން އިޝްގުގައި ޖެހުނެވެ. ދެމަފިރިންގެ ލޯބި އަދިވެސް އަންނަނީ ވަރުގަދަވަމުންނެވެ.
މި ބަލައިލަނީ ދެމަފިރިންގެ ގުޅުމުގެ ހަގީގަތްތަކަށެވެ.

- ސަލްމާ އާއި ފްހޮންސުއާ ބައްދަލުވި ގޮތް:
ދެމީހުން ފުރަތަމަ ބައްދަލުވީ 2006 ގައި އިޓަލީގެ ވެނިސްގައި އޮތް މަހެފިލްއަކުންނެވެ. އޭގެ ކުރިން ވެސް ދެ މީހުން ދެ މީހުންނަށް ފެނިފައިވެއެވެ. ނަމަވެސް މި ހަފުލާއަކީ ދެ މީހުން އެކަކު އަނެކަކާ ރަނގަޅަށް ވާހަކަ ދައްކައިލައި، ގުޅުމެއް ގާއިމުކުރަން ލިބުނު ފުރުސަތެވެ.
މި ބައްދަލުވުމުގެ ތަފުސީލުތައް ސަލްމާ އުޅެނީ ސިއްރުކޮށްގެންނެވެ. ބުނިހާ ވެސް ވާހަކައަކީ ދެ މީހުންގެ ދޭތެރޭގައި ހިނގީ "ވާލްވިންޑް ރޮމޭންސް"އެއް ކަމަށެވެ. މާނައަކީ އުފެދުނީ "ކޮޅިގަނޑެއްހާ" ވަރުގަދަ އިޝްގީ ގުޅުމެއް ކަމެވެ. އެ ގޮތުން މުޅި އެ ރޭ ވާހަކަދެއްކި ކަމަށާއި ލޯބީގެ ގޮތުން ގުޅުނު ކަމަށްވެއެވެ. ދެ މީހުންނަށް ވެސް އެނގުނީ ދެ މީހުން ވެސް ހަޔާތާމެދު ދެކެނީ އެއް ގޮތަށް ކަމެވެ. އޭގެ ފަހުން ދެ މީހުން "ޑޭޓް"ކުރަން ފެށިއެވެ. އަދި މިކަން ވެގެންދިޔައީ ދާއިމީ ގުޅުމަކަށް އެ ދެމަފިރިންގެ ގުޅުން ބަދަލުވި ކަމަކަށެވެ.

- "އެރޭންޖްޑް މެރިޖް":
އުމުރުން 57 އަހަރުގެ ސަލްމާ އާއި އުމުރުން 62 އަހަރުގެ ފްހޮންސުއާ "އެންގޭޖް"ވީ 2007 ގައެވެ. އަދި ކައިވެނިކުރީ 2009 ގައެވެ. ދެ އަހަރުގެ ލަސްވުމެއް ކުރިމަތިވީ ސަލްމާ ކައިވެނި ދެކެ ބިރުގަންނާތީއެވެ. ކައިވެނިކުރާނެ ދުވަހެއް ސަލްމާއަށް ކަނޑަނޭޅިގެން އުޅުމުން ފްހޮންސުއާ އެ ކަމާމެދު ވިސްނައި، ރޭވުމެއް ރައިވައިލިއެވެ.
ކައިވެނި ކުރި ދުވަހާމެދު ސަލްމާ ބުންޏެވެ: "އަހަރެންނަކަށް ނޭނގޭ އެ ދުވަހު އަހަރެން ކައިވެނިކުރަނީ ކަމެއް. އަހަރެން ގަދަކަމުން ކޯޓަށް ގެންދިޔައީ. އަހަރެންގެ މައިދައިތަ ވަނީ މެންދުރުގެ ކެއުން ރައިވައިފައި. އަހަރެންނަށް އިތުރު ގޮތެއް ނެތް."
އެންމެ ފަހުން ސަލްމާ ފްހޮންސުއާއާ ކައިވެނިކުރީއެވެ. އަދި ފަހުން މާބޮޑު ސައެއް ވެސް ބާއްވަން ނިންމީއެވެ.

- މީހުން ޝައްކެއްގެ މަތީގައި ތިބުން:
ސަލްމާ ފްހޮންސުއާއާ ކައިވެނިކުރުމުން ބައެއް މީހުން ތުހުމަތުކުރީ ސަލްމާއަކީ "ގޯލްޑް ޑިގަރ" ނުވަތަ "ރަން ވަޅު ކޮންނަ" މީހެއް ކަމަށެވެ. އެހެން މީހުންގެ މުއްސަނދިކަމުން ފައިދާ ނަގަން އުޅޭ މީހެއް ކަމަށެވެ. ސަބަބަކީ ފްހޮންސުއާ މުއްސަނދިކަމުންނެވެ.
ސަލްމާ ކިޔައިދިނެވެ: "އަހަރެން އޭނާއާ ކައިވެނިކުރުމުން އެންމެން ވެސް ބުނީ 'ތިޔައީ އެރޭންޖްޑް މެރިޖް’އެއް ކަމަށް. މާނައަކީ ލޯތްބެއް ނެތް، ހަމައެކަނި ދެ ފަރާތުން އެއްބަސްވެގެން ރައިވައިލައިގެން ކުރި ކައިވެންޏެއް ކަމަށް. އެ މީހުން ބުނީ އަހަރެން ފްހޮންސުއާއާ ކައިވެނިކުރީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް. އެހެން ކިޔަސް އަހަރެންގެ ފަރުވާލެއް ނެތް. ކިޔާނެ އެއްޗެއް ކިޔާ. އަހަރެން ދެރައެއް ނުވޭ. އަހަރެމެން ދެ މީހުންގެ ލޯބި މާވަރުގަދަ."

- އެހެން މީހުންގެ ހީއަކީ ނުބައި ހީއެއްކަމަށް ދެމަފިރިން ސާބިތުކޮށްދިން:
ސަލްމާ އާއި ފްހޮންސުއާގެ ލޯބީގެ ވާހަކައިގައި ސިއްރުތަކެއް ހުއްޓަސް، ދެ މީހުންގެ ދެމެދުގައި އޮތް ގުޅުން ވަރުގަދައެވެ. ފްހޮންސުއާގެ ކުރީގެ ކައިވެނިން ލިބިފައިވާ ތިން ދަރިންނާ ސަލްމާގެ ގުޅުން ގާތެވެ. ގިނަ ދަރިން ބޭނުން ވިޔަސް، އުމުރުން 41 އަހަރުގައި ސަލްމާއަށް އަންހެން ދަރިއަކު ލިބުމަށް ފަހު އެހެން ދަރިއަކު ލިބޭނެ ފުރުސަތު ގެއްލުނެވެ.
ސަލްމާ ވަރަށް ގިނައިން ބުނެއެވެ: "އަހަރެންގެ ނަސީބަކީ އަހަރެންގެ ފިރިމީހާގެ ތިން ދަރިން ތިބީމަ. މިހެންވެ، އަހަރެންނަށް މި ވަނީ ހަތަރު ދަރިން ހަމަވެފައި. އަދި އެ ހުރިހާ ކުދިން ވެސް ތަފާތު."
ސަލްމާ އާއި ފްހޮންސުއާގެ ކައިވެނި އެންމެ ފަހުން ވެގެންދިޔައީ ރަނގަޅު ޒަވާޖީ ހަޔާތަކަށެވެ. މިއީ ކޮންމެ ކޮންމެ ހޮލީވުޑް ތަރިއަކަށް ލިބިފައިވާ ނަސީބެއް ނޫނެވެ.



advertisment