Support Us

ބައި-އިލެކްޝަންސްތައް ކާމިޔާބުކުރެއްވި ޕީއެންސީގެ މެމްބަރުންނަށް ރައީސްގެ މަރުހަބާ

މިއަދު ބޭއްްވި ހަ ކައުންސިލެއްގެ ބައި- އިލެކްޝަންތަކުގެ ތެރެއިން ފަސް ކައުންސިލެއްގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބުކުރައްވައި ހޯއްދެވި ބޮޑު ކާމިޔާބީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޕީ.އެން.ސީގެ ވެސް ރައީސްގެ ހައިސިއްޔަތުން، ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއަދު ބޭއްވި ހަ ބައި-އިލެކްޝަނުންް ފަސް ގޮނޑި ކާމިޔާބުކުރެއްވި ޕީއެންސީގެ ކެނޑިޑޭޓުންނަށާއި ކެމްޕޭންގައި މަސައްކަތްކޮށްފައިވާ ހުރިހާ ފަރާތްތަކަށް އަދި ވޯޓު ދިން ހުރިހާ ރައްޔިތުންނަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ.

މި ބައި- އިލެކްޝަންތަކުގައި މާލޭ ސިޓީ ކައުންސިލުން ހުސްފައިވާ ތިން ގޮނޑި ވެސް ކާމިޔާބު ކުރައްވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި އަދި ބިލެއްދޫ ކައުންސިލްގެ ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

މިއަދު ބޭއްވި ބައި- އިލެކްޝަންތަކުގެ ތެރެއިން ޕީއެންސީއަށް ނުލިބުނު ގޮނޑިއަކީ ރ. ރަސްމާދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއެވެ.

އިލެކްޝަނުން ބުނެފައިވަނީ މިއަދު ބޭއްވި އިންތިހާބުތަކުގައި ވޯޓުލާފައިވަނީ 3،528 މީހުން ކަމަށެވެ. އެއީ ޖުމްލަ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 26.91 ޕަސެންޓެވެ. ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަކީ 13،112 މީހުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *