Support Us

ފިތުރޯނު ސްމާޓް ޕާކިން ޒޯނުން ޖާގަ ދިނުމަށް އެޗްޑީސީން ހުޅުވައިލައިފި

ފިތުރޯނު ސްމާޓް ޕާކިން ޒޯނުން ބީލަމުގެ އުސޫލުން ޖާގަ ދިނުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބީލަން ހުޅުވައިލައިފި އެވެ.

އެޗްޑީސީން މިއަދު ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ވެހިކަލް ޕާކުކުރުމަށް ބޭނުންވާ ޖާގަ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި ތަރައްގީކޮށްފައިވާ "ފިތުރޯނު ސްމާޓް ޕާކިން ޒޯން" އިން ތިން އަަހަރު މުއްދަތަށް ކުއްޔަށް ދިނުމަަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ގޮތުން އެ ޕާކިން ޒޯނުގައި ޖުމްލަ 11 ޕާކިން ޖާގަ ކުއްޔަށް ދިނުމަށް އެޗްޑީސީން ވަނީ ނިންމައިފަ އެވެ.

ބީލަމުގެ އުސޫލުން މި ޕާކިން ޒޯނުން ޖާގަ ހޯދަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ 1:00 އިން 2:00 ގެ ނިޔަލަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުުޅުވާލައިފަ އެވެ. ބީލަން ފޯމްތައް އެ ދުވަހުގެ 2.30 ގައި ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ބީލަމާ ބެހޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަަަމަށާއި އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން 1516 އަށް ގުޅުމުން އެ މައުލޫމާތެއް ލިބޭނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.