Support Us

ކޮވިޑަށް މިއަދު 124 މީހުން ޕޮޒިޓިވްވެއްޖެ

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް19 އަށް މިއަދު 124 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

ކޮވިޑް19 ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް މިވަނީ އިތުރުވާން ފަށައިފަ އެވެ. އިއްޔެ މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 106 މީހުންނެވެ. ކޮވިޑް ޖެހިގެން މިއަދު 64 އަހަރުގެ އަންހެނަކު ރާއްޖޭގައި މަރުވެފައިވާއިރު މި ބަލި ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 23 އަށް އަރައިފަ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ ކޮވިޑް ޖެހިގެން މިއަދު ޕޮޒިޓިވްވި 124 މީހުންގެ ތެރޭގައި ހިމެނެނީ 100 ދިވެހިންނާއި 16 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ތިން މީހުންނާއި ނޭޕާލްގެ ދެ މީހުންނާއި ފިލިޕީންސްގެ މީހަކާއި ޔޫކްރެއިން މީހެއްގެ އިތުރުން އޮސްޓްރޭލިއާގެ މީހެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރެމުންދާ ސްޕީޑަށް ބަލާފައި މި އޮގަސްޓް މަހު ބަލި ޖެހޭ މިންވަރު އިތުރުވަމުންދާނެ ކަމަށް ނޭޝަނަލް އެމެންޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް މި އޮގަސްޓް މަހު ޕޮޒިޓިވްވާނެ ކަމަށް އެންއީއޯސީގެ ދިރާސާއަކުން ވަނީ ދައްކައިފަ އެވެ. އަންދާޒާ ކުރި އަދަދަށްވުރެ ގިނައިން އޮގަސްޓް މަހުގެ ދެވަނަ ދުވަހު 215 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ. މި ބަލި ޖެހިގެން ރާއްޖެއިން މިމަހުގެ މިހާތަނަށް ހަތް މީހުން ވަނީ މަރުވެފަ އެވެ.

ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 5909 އަށް އަރައިފަ އެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 2389 ހިމެނޭއިރު 138 މީހަކަށް ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާދެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *