Support Us

އާސަންދައިގެ ދަށުން ދުބާއީ، ތައިލެންޑަށް ދާތަން މި އަހަރު ނިމުމުގެ ކުރިން ފެންނާނެ: ރައީސް

އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާ އަށް ދުބާއީ އަދި ތައިލެންޑަށް ދިވެހިން ދާ ތަން މިއަހަރު ނިމުގެ ކުރިން ފެނިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ "ސަންގު ޓީވީ" އަށް ރޭ ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. ބޭސް ފަރުވާ ހޯދުމަށް ދެން ދިވެހިންނަށް ތައިލެންޑް އަދި ދުބާއީއަށް އާސަންދައިގެ ދަށުން ދެވޭނެ ކަމަށް، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު މީޑިއާތަކާ ބައްދަލުކުރައްވާ ވިދާޅުވެފައިވާތީ، އެއީ ފީސިބަލް ކަމެއްތޯ ޕްރެޒެންޓަރު ދެންނެވުމުން ރައީސް ވިދާޅުވީ އެކަމަކީ ވާނެ ކަމެއް ކަމަށާއި އެ މަސައްކަތް ހެލްތު މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން އާސަންދަ، އެންސްފާ އަދި ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް ކައުންސިލާ އެކު ހިނގަމުން އެބަދާ ކަމަށެވެ.

"މިއަހަރު ނިމުމުގެ ކުރީގައި އިރާދަކުރެއްވިއްޔާ ދެ ގައުމަށް، ޔޫއޭއީ އަދި ތައިލެންޑަށް އާސަންދައިގެ ދަށުން ހިދުމަތް ހޯދަން ދެވޭތަން ފެންނާނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އާސަންދައަކީ ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ލިބޭ އެއްޗެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި އެއަށްވުރެ ފެންވަރު ރަނގަޅު ގައުމުތަކުން އެ ހިދުމަތް ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ރާއްޖޭގެ ހެލްތް ފެސިލިޓީ ތަރައްގީވަންދެން މިހާރު ދިވެހިން ދާ ގައުމުތަަކަށްވުރެ ފެންވަރު ރަނގަޅު މެޑިކަލް ފެސިލިޓީޒްތަކަށް، ދުބާއީ އަދި ބޭންކޮކްގެ ފެންވަރު ރަނގަޅު ހޮސްޕިޓާތަކުން ހަމަޖެހިގެންދާނެ ކަމަށާއި އެ ގައުމުތަކުން އާސަންދަ ހިދުމަތް ލިބޭއިރު އެކޮމޮޑޭޝަން ވެސް އޭގައި ހިމެނިގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

އާސަަންދައިގެ ދަށުން ބޭސް ފަރުވާއަށް މިހާރު އެންމެ ގިނައިން ދަނީ އިންޑިއާގެ ކޮޗިން އަދި ޓްރިވެންރްމަށެވެ. އޭގެ ސަބަބުން އެ ގައުމަށް ބޮޑު އާމްދަނީއެއް ލިބެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް