Support Us

ފުރަގަސްފަރާތުން ވަތް ވެނެއް އޮޕަރޭޝަންކޮށްގެން ނަގައިފި

ވިއެޓްނާމްގެ އުތުރު ކުއަން ނިން ޕްރޮވިންސްގެ އުމުރުން 34 އަހަރުގެ މީހަކު ޑޮކްޓަރަށް ދެއްކީ ބަނޑާ ދިމާލުން އަކުނިވަޔަށްދަމާތީއެވެ. ހައި ހާ އަވަށުގެ ސިއްހީ މަރުކަޒުން އޭނާގެ ހަށިގަނޑުގެ އެކްސްރޭއެއް ނަގައި އަލްޓްރާސައުންޑް ސްކޭނެއް ހެދިއެވެ. އަދި ދިނީ އޭނާއަށް ސިހުމެއް ލިބުނު ހަބަރެކެވެ.

ޑޮކްޓަރުން ވިދާޅުވީ އޭނާގެ ގޮހޮރުގައި "ހަށިގަނޑާ ނުގުޅޭ އެއްޗެއް"ވާ ކަމަށެވެ. އަދި ގޮހޮރުގައި ލޯވަޅެއް ހުރި ކަމަށެވެ. މީގެ އިތުރުން މި ކަމުގެ ސަބަބުން ގޮހޮރު ދުޅަވެފައިވާ ކަމަށްވެސް ޑޮކްޓަރުން ވިދާޅުވިއެވެ. ގޮހޮރުގައި ލޯވަޅެއް ހެދުމަށް ކިޔަނީ "ޕެރިޓޮނައިޓިސް"އެވެ. މިއީ ފުރާނައަށް ނުރައްކާ ވާވަރުގެ ހާލަތެކެވެ. މިހެންވެ ޖެހުނީ ވީހާ ވެސް އަވަހަށް އޮޕަރޭޝަން ކުރާށެވެ.

ޑޮކްޓަރުން ވިދާޅުވީ އޭނާގެ ހަށިގަނޑުގައި ވަނީ ވެނެއް ކަމަށެވެ. ބޮޑުމިނަކީ 12 އިންޗި ނުވަތަ އެއް ފޫޓެވެ. ވެން އޭނާގެ ހަށިގަނޑަށް ވަނީ ފުރަގަސްފަރާތުން ކަމަށް ބެލެވޭ ކަމަށާއި ގޮހޮރާ ހިސާބަށް ފޯރުމުން ގޮހޮރު ދުޅަވެ، ފޫގޮސް، އަދި ބަނޑު އަކުނިވަޔަށްދަމަން ފެށީ ކަމަށެވެ.

ގޮހޮރުގައި ލޯވަޅު އެޅީ ވެން ކަމަށްވެއެވެ. ސާޖަނުން މި ވެން ނެގި އިރު ވެސް އޭތި އޮތީ ދިރިދިރި ކަމަށާއި މިއީ ހައިރާންވި ކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.

ވެނުގެ ސަބަބުން ބަލިމީހާގެ ގޮހޮރުގައި ހަލާކުވި ޓިޝޫތައް ވެސް ނެގިއެވެ. މިއީ ވެސް އޮޕަރޭޝަން ނުރައްކާ ވުމަށް މެދުވެރިވި ކަމެކެވެ. ސަބަބަކީ ފުރަގަސްފަރާތުގައި އިންފެކްޝަން އުފެދިދާނެތީއެވެ.

"މި ބަލިމީހާއަށް މި ދިމާވީ ވަރަށް ނާދިރު މައްސަލައެއް. ފުރަގަސްފަރާތަކީ ނަޖިސް ގުނަވަނަކަށް ވާތީ އިންފެކްޝަންގެ ފުރުސަތު ބޮޑުވާނެ. ނަމަވެސް އޮޕަރޭޝަން ވަރަށް ކާމިޔާބު،" ޑރ. ފަމް މަން ހުން ވިއެޓްނާމްގެ މީޑިއާއަށް ވިދާޅުވިއެވެ.

ވަރަށް ނާޒުކު މި ސާޖަރީ ކާމިޔާބު ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ. އަދި ބަލިމީހާއަށް އިހުސާސް ކުރެވުނީ ކުޑަކުޑަ އުނދަގުލެއް ކަމަށްވިއެވެ. ޑޮކްޓަރުންގެ ބެލުމުގެ ދަށުގައި ނުވަތަ "އޮބްޒަވޭޝަން"ގައި އޭނާ އަދިވެސް އޮތީ ހޮސްޕިޓަލްގައެވެ. އޭނާ އަންނަނީ ރަނގަޅުވަމުން ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *