Support Us

ފްލައިޓް އުދުހެނިކޮށް ދެ ޕައިލެޓުންނަށް ވެސް ނިދިއްޖެ

މިއީ ވަރަށް ބިރުހުރި ކަމެކެވެ. ނަމަވެސް ހަގީގަތެކެވެ. އިންޑޮނޭޝިޔާގެ އެތެރޭގެ ފްލައިޓެއްގައި ދެ ޕައިލެންޓުންނަށް ވެސް ނިދިއްޖެއެވެ. އެއީ 28 މިނެޓު ވަންދެނެވެ. ނިދީގައި 241 މޭލަށް މަތިންދާބޯޓު "އަމިއްލަ" އަށް ވަނީ އުދުހިފައެވެ.

މިދިޔަ ހަފުތާގައި އިންޑޮނޭޝިޔާއިން ނެރެފައިވާ ތަހުގީގީ ރިޕޯޓްގައި ބުނެފައިވަނީ ޖަނަވަރީ 25 ވަނަ ދުވަހު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަދި ފްލައިޓަށް ވެސް ގެއްލުމެއް ނުލިބޭ ކަމަށެވެ.

ރިޕޯޓްގައި ބުނެފައިވަނީ މި ދެ ޕައިލެޓުންގެ ތެރެއިން ހަގު ޕައިލެޓް ވަނީ މި ހާދިސާ ހިނގުމުގެ ކުރިން އޭނާގެ އަންހެނުންނަށް އެއްމާބަނޑު ދެ ކުދިން ލިބިފައި ކަމަށެވެ. އަދި އާ ގެއަކަށް ބަދަލުވެ މި ކަންތައްތަކުގެ ސަބަބުން ރަނގަޅަށް ނިދި ނުލިބި ދުވަސްކޮޅެއް ދިޔަ ކަމަށެވެ.

"ބަދީ އެއާ" ނަމަކަށް ކިޔާ، އިންޑޮނޭޝިޔާގެ މި އެއާލައިން އެ ދުވަހު ދަތުރު ކުރީ އެ ގައުމުގެ ހުޅަނގުއިރުމަތީގެ ސަރަހައްދެއް ކަމަށްވާ ސުލަވެޒީގައި ހުންނަ ހަލުއޮލެއޯ ބައިނަލްއަގުވާމީ އެއާޕޯޓުން ވެރިރަށް ޖަކާޓާގެ ސުކާނޯ-ހަތާ އެއާޕޯޓަށެވެ.

އިންޑޮނޭޝިޔާގެ ދަތުރުފަތުރުގެ ރައްކާތެރިކަން ބަލަހައްޓާ އިދާރާ ނެޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ކޮމެޓީ (ކޭ.އެން.ކޭ.ޓީ)އިން ބުނީ ދެ ޕައިލެޓުންގެ ތެރޭގައި ހިމެނެނީ 32 އަހަރު އަދި 28 އަހަރުގެ ޕައިލެޓުން ކަމަށެވެ.

"އެ މީހުންނަށް ހޭލެވުނުތަނާ އެނގުނީ މަތިންދާބޯޓު ދާންވީ މިސްރާބުން ހުރީ ކައްސާލާފައިކަން،" ރިޕޯޓްގައި ބުނެފައިވެއެވެ.

ފްލައިޓް ޖެއްސުމަށް ފަހު ދެ ޕައިލެޓުން ވެސް ފުރަތަމަ ކުރި ކަމަކީ ނޫޑްލްސް ކެއުން ކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

ދެ ޕައިލެޓުންނަށް ނިދުނު ވަގުތު އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލް މަރުކަޒުން އެ ޕައިލެޓުންނާ ގުޅޭތޯ 28 މިނިޓް ވަންދެން މަސައްކަތް ކުރިއެވެ. ގުޅުނީ އުމުރުން ދޮށީ ޕައިލެޓް ހޭލުމުން ކަމަށްވެއެވެ.

އޭނާ ދެން ހަގު ޕައިލެޓް ހޭލައްވާލާ، ފްލައިޓް ދަތުރު ކުރަން އޮތް މިސްރާބު ރަނގަޅުކޮށް، ޖަކާޓާ އެއާޕޯޓަށް ރައްކާތެރިކަމާއެކު ޖެއްސިއެވެ.

މި ހާދިސާއާ ބެހޭ ގޮތުން އެއާލައިނުން އަދި ރަސްމީ ގޮތެއްގައި އެއްވެސް އެއްޗެއް ނުބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *