Support Us

އުމްރާއަށް ދަތުރުކުރި ކާރު އެކްސިޑެންޓުވެ އާއިލާ މަރުވެއްޖެ

އިންޑިއާގެ މެންގަލޫރުގެ އާއިލާއެއް އުމްރާ ވުމަށްޓަކައި ގަތަރުން ސައޫދީ އަރަބިއްޔާއަށް ދިޔަ މަގުމަތީގައި އެ މީހުންގެ ކާރު އެކްސިޑެންޓްވެ އާއިލާ އެއްކޮށް ކަހަލަ ގޮތަކަށް މަރުވެއްޖެއެވެ.

މަދީނާއަށް ދިޔަ މަގުމަތީގައި ބުދަ ދުވަހުގެ ރޭ ހިނގި މި އެކްސިޑެންޓްގައި ސަލާމަތްވީ ހަމައެކަނި އާއިލާގެ ދެ މީހުންނެވެ.

ވެރިރަށް ރިޔާޒް ކައިރީގައި ހިނގި މި އެކްސިޑެންޓްގައި މަރުވީ ހިބާ، 29، އޭނާގެ ފިރިމީހާ މުހައްމަދު ރަމީޒު، 34، އަދި މި ދެމަފިރިންގެ ދެ ދަރިން ކަމަށްވާ އާރުޝް، 3، އަދި އުމުރުން ތިން މަހުގެ ރަހާއެވެ.

ހިބާގެ ދައްތަ ޝަބްނަމްގެ 19 އަހަރު ވީ ދަރިފުޅު ފާތިމަތަށް ސީރިއަސް ޒަހަމްތަކެއް ލިބި މިހާރު އަންނަނީ ރިޔާޒްގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ.

މުއުޖިޒާތެއް ފަދަ ގޮތަކަށް މި އެކްސިޑެންޓްގައި ދެ ވަނަ އަށް ސަލާމަތްވީ އެއްވެސް ޒަހަމެއް ނުލިބި ހިބާގެ ދައްތަ ލުބްނާގެ އުމުރުން ހަތަރު އަހަރުގެ ދަރިފުޅު އީސާއެވެ.

މި ނުރައްކާތެރި އެކްސިޑެންޓް ހިނގީ ބުދަ ދުވަހު ފަތިސް ނަމާދު ކޮށްގެން ރިޔާޒާ ކައިރިވިތަނާއެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުގެ ދެ ލޭން ވަކި ކުރުމަށް ހަދާފައިވާ "ރޯޑް ޑިވައިޑާ"ގައި ޖެހިފައެވެ. ހަމައެއާކު ކާރު ފުރޮޅާލައި ހިބާއާއި ރަމީޒު އަދި އެއް ކުއްޖަކު ވަގުތުން މަރުވިއެވެ. އަނެއް ކުއްޖާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
5
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *