Support Us

ދުނިޔޭގެ އެންމެ ދިގު ދޯސާގެ ރެކޯޑު މުގުރާލައިފި

ބައެއް ދިވެހިންނަށް ވެސް ވަރަށް މީރު ކެއުމެއް ކަމަށްވާ ދޯސާގެ ތެރެއިން އެންމެ ދިގު ދޯސާ ހަދައިގެން އިންޑިއާގެ ކާބޯތަކެތި އުފައްދާ ކުންފުންޏަކުން ދުނިޔޭގެ ރެކޯޑު މުގުރާލައިފިއެވެ.

އެމް.ޓީ.އާރް ފުޑްސްއިން އެ ތަނަށް 100 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރީ ދިގުމިނުގައި 123 ފޫޓު ހުރި ދޯސާއެއް ތައްޔާރުކޮށްގެންނެވެ. މި ކަމަށްޓަކައި މި ކުންފުނިން ވަނީ 75 ޝެފުން ހޯދައިފައެވެ. އަދި ބޮޑު ކައްކާގެ ގޮތުގައި ހަމަޖެއްސީ ރެޖީ މެޓްހިއުސް ކިޔާ މީހެކެވެ.

ބެންގަލޫރުގައި އެމް.ޓީ.އާރް ފުޑްސް ކުންފުނިން މި ރެކޯޑު މުގުރާލި އިރު، ދުނިޔޭގެ ވޯލްޑް ރެކޯޑްތައް ބަލަހައްޓާ ގިނެސް ކުންފުނީގެ ރެކޯޑު ފޮތުގައި އެންމެ ދިގު ދޯސާގެ ރެކޯޑު ކުރިން އޮތީ އިންޑިއާގެ ހައިދަރުއާބާދުގައި ހިންގާ ކުންފުންޏެއްގައެވެ. އެއީ 54 ފޫޓު ދިގުމިނުގައި އޮތް ދޯސާއެއް 2014 ގައި ހަދައިގެންނެވެ.

ހައިދަރުއާބާދުގައި މިހާތަނަށް އޮތް ރެކޯޑު ބެންގަލޫރުން މުގުރާލީ މިދިޔަ ހުކުރު ދުވަހުއެވެ.

"މި ރެކޯޑަކީ ތާރީހީ ހަރުފަތެއް،" ސޯޝަލް މީޑިއާގައި ރެޖީ ބުންޏެވެ.

ދުނިޔޭގެ ރެކޯޑު މުގުރާލުމުގައި އެހީތެރިވި "އެމް.އެސް. ރަމައްޔާ ކޮލެޖް އޮފް ހޮޓެލް މެނޭޖްމަންޓް" ނަމަކަށް ކިޔާ ހޮޓެލް ސްކޫލަކަށް ރެޖީގެ އިންސްޓަގްރާމް އެކައުންޓްގައި ތައުރީފު ކޮށްފައިވެއެވެ.

ދޯސާ އަކީ ކޮން ތަނަކުން އުފެދުނު ކެއުމެއް ކަން ނޭނގުނަސް، ބައެއް މީހުން ގަބޫލު ކުރަނީ އޭގެ ފެށުން އޮތީ ދެކުނު އިންޑިއާގައި ތަމަޅަ ނަސްލުގެ މީހުންގެ ތެރޭގައި ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *