Support Us

އެންމެނަށް ހައިރާންކަން… ދެބޯގެރިއެއް ވިހައިފި

އެމެރިކާގެ ލުއިޒިއަނާ ސްޓޭޓްގެ ދަނޑެއްގައި ދެބޯގެރިއެއް އުފަންވެއްޖެއެވެ. މި ގެރީގައި ދެ މޫނާއި ހަތަރު ލޮލާއި ދެ ނޭފަތާއި ދެ އަނގައާއި ދެ ކަންފަތް ވެއެވެ. ހަށިގަނޑަކީ އެއް ހަށިގަނޑެކެވެ.

"ޑޫ ފޭސް" ނުވަތަ "ދެ މޫނު"ގެ ނަމުން ނަންދީފައިވާ މި ގެރީގެ ސިއްހަތު ރަނގަޅު ކަމަށް އެ ސޮރުގެ ވެރިން ބުންޏެވެ.

އެރިކް އާއި ޑޯން ބްރޯ ފޭސްބުކްގައި ލިޔެފައިވަނީ ގެރީގެ ތެރެއިން ދެބޯ ގެރިއެއް އުފަންވުމުގެ ފުރުސަތަކީ 400 މިލިއަނުން އެކެއް ކަމަށެވެ.

ބުރާސްފަތި ދުވަހާ ހިސާބަށް ސިއްހަތު ރަނގަޅަށް ހުއްޓަސް، ޑޫ ފޭސް މާގިނަ ދުވަހު ދިރިހުންނާނެ ކަމަށް ނުބެލެވޭ ކަމަށް ދެމަފިރިން ބުންޏެވެ.

"ޑޫ ފޭސް ދިރިހުންނާނެ ކަމަށް ބެލެވެނީ ވަރަށް މަދު ދުވަސްކޮޅަކު. މި ވަގުތަށް އޭތީގެ ސިއްހަތު ރަނގަޅު،" ޑޯން ބްރޯ ބުންޏެވެ.

"ދިރި އޮއްވާ ދެބޯ ގެރިއެއް ވިހެއުމަކީ ވެސް ވަރަށް ނާދިރު ކަމެއް،" އޭނާ ބުންޏެވެ.

މިހާތަނަށް ދެބޯ ގެރިއެއް ދިރިހުރީ އެންމެ 40 ދުވަހުއެވެ. ގިނަ ފަހަރަށް ދެބޯ ގެރި ވިހެއުމުގެ ކުރިން ވެސް މަރުވެއެވެ. އަދި ބައެއް ފަހަރަށް ދިރިހުންނަނީ މަދު ގަޑިއިރު ނުވަތަ ދުވަސްކޮޅަކުއެވެ.

ދެ ބޯ ލުމަށް ދިމާވުމަށް ކިޔަނީ "ޕޮލިސެފަލީ"އެވެ.

ބްރޯގެ ދެމަފިރިންގެ ދަނޑުގައި ވިހޭ ޑޫ ފޭސްއަށް ވެޓުންގެ އެހީގައި ވަރަށް ބޮޑަށް ފަރުވާ ދެމުން އާދެއެވެ.

"ދެ ބޯ ހިއްލާލުމަށް ވެސް ޑޫ ފޭސްއަށް ވަރަށް އުނދަގޫ. މިހެންވެ އެ ސޮރުގެ މަންމަ ގާތުން ކިރު ވެސް ނުބޮވޭ. އަހަރެމެންނަށް ޖެހެނީ ބުއްފުޅި ދޭން،" ބްރޯގެ ދެމަފިރިންގެ ފޭސްބުކްގައި ލިޔެފައިވެއެވެ.

މިހާރު ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ޑޫ ފޭސް ވިއްކާލަން ގަސްދު ނުކުރާ ކަމަށާއި ކޮންމެވެސް ވަރަކަށް އަތްވަށް ނެރޭ ކަމަށް ބްރޯގެ ދެމަފިރިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *