...

Support Us

އަރުޟުލް މުޤައްދަސާގައި ނިއުޅެމުންދަނީ ޔަހޫދީ ޑްރާމާގެ ފަހު ބާބު- 5

ފަލަސްޠީނާއި އެމީހުންގެ ޒަމާންވީ ތާރީޚާއި އެމީހުންގެ ދީނާއި ބަސް

މީލާދީން ހަވަނަ ގަރުނުގައި އެންމެ ފަހުގެ ނަބިއްޔާގެ ނަބީކަން ފެށި އަނެއްކާވެސް އިސްލާމް ދީން ތަޢާރަފްވިއެވެ. މި ދުވަސްވަރު ފަލަސްޠީން އޮތް ސަރަހައްދަށް ޢަރަބީން ކިޔަމުންއައީ ޝާމް ކަރަ ނުވަތަ ބިލާދުއްޝާމްއެވެ. ޝާމް ކަރައަކީ ތުރުކީގެ ދެކުނުން ގަޒިއަންޓިޕުން ފެށިގެން ފަލަސްޠީނާ ހަމައަށް ހުރި ގައުމުތަކެވެ. އޭގެތެރޭގައި އެންމެ ބޮޑު ބިމަކީ ސީރިޔާއެވެ. މީގެ އިތުރަށް މި ސަރަހައްދުގައި ލެބަނަންއާއި ޖޯޑުންވެސް ހިމެނެއެވެ. މި ސަރަހައްދުގެ މީހުން ވާހަކަ ދެއްކި ގަދީމީ ބަސްތަކުގެ ތެރޭގައި ހިބްރޫ ބަހާއި އަރަމައިކް ބަސް ހިމެނެއެވެ. އިސްލާމް ދީން ފެށުނުއިރު ފަލަސްޠީނުގެ މައިގަނޑު ދީނަކީ ނަޞާރާދީނެވެ. އެހެންކަމުން އޭރު ގިނަ މީހުންގެ ބަހަކަށްވާނީ އަރަމައިކްއެވެ. ނަޞާރާ ތާރީޚް ބަޔާންކުރާ ގޮތުގައި ޢީސާގެފާނު ވާހަކަފުޅު ދެއްކެވީ އަރަމައިކް ބަހުންނެވެ. ޙިޖާޒު ކަރައިގައި އިސްލާމް ދީން ފާޅުވިއިރު ކޮންމެވެސް ވަރަކަށް ފަލަސްޠީނުގައި އަރަބި ބަހުން ވާހަކަ ދައްކާ މީހުން ތިއްބެވެ. އެއީ ހިޖާޒުކަރައިން ފަލަސްޠީނަށް ޢަރަބީން ހިޖުރަކޮށްފައިވާތީއެވެ.

އަރަބި ކަރައިގައި އަލަށް އުފަންވި އިސްލާމް ދީނަށް ފަލަސްޠީނު މީހުން އެނބުރެންފެށިއެވެ. ބެލެވޭގޮތުގައި މިދީނަށް ފުރަތަމަ ވަން މީހުންގެ ތެރޭގައި ފަލަސްޠީނުގެ ޢަރަބީން ޝާމިލުވާނެއެވެ. ފަލަސްޠީނަށް އިސްލާމް ދީން އަޔަސް އެތަނުގައި ތިބި ނަޞާރާއިންނާއި ޔަހޫދީން ފުރަތަމަ ވާހަކަ ދައްކަމުން އައީ އަރަމައިކް ބަހާއި ޔަހޫދީ ބަހުންނެވެ. ޒަމާންތަކަށް ފަހު އަރަމައިކް އުވިދިޔައެވެ. އަދި ހިބުރޫ ބަސްވެސް ޒަމާނާއެކު އުވިދިޔައެވެ. ހިބުރޫ ދެވަނަ ފަހަރަށް އާލާވާންފެށީ މީލާދީން 19 ވަނަ ގަރުނުގައެވެ. އެއީ ޔަހޫދީން ފަލަސްޠީނުގައި އެމީހުންގެ ވަޒަނެއް ގާއިމްކުރުމުގެ މަސައްކަތް ފެށި ހިސާބުންނެވެ. ވިހި ވަނަ ގަރުނުގައި ޔަހޫދީން ހިބުރޫ ބަސް ވަރަށް ބޮޑަށް އާންމުކުރިއެވެ. އަދި އިސްރާއީލް އުފެއްދުމަށްފަހު އެމީހުންގެ ރަސްމީ ބަހަކަށް ހިބުރޫ ހަދައި އެބަސް އާންމުކޮށް ކިޔަވައިދޭން ފެށިއެވެ.

ޑރ. ނޫރް މަޞާލްޙާ، އޭނާގެ ފޮތް 'ޕެލަސްޓައިން، އަ ފޯރ ތައުސަންޑް އިޔަރ ހިސްޓްރީ’ގައި ހާމަކުރާގޮތުގައި މުސްލިމުން އަލްޤުދުސް ފަތަހަކުރުމާއެކު މީލާދީން 638 ވަނަ އަހަރު މުސްލިމުންގެ ވެރިކަމުގައި ފަލަސްޠީން ޖުންދު ފިލަސްޠީން ޕްރޮވިންސްގެ ގޮތުގައި ގާއިމްކުރެވުނެވެ. މިދުވަސްވަރު ފަލަސްޠީނުގެ ރަސްމީ ބަހަކީ ޢަރަބި ބަސް ކަމުގައި މުސްލިމް ވެރިން ހަމަޖެއްސިއެވެ. މިދުވަސްވަރު ފަލަސްޠީން ވަރަށް ބޮޑަށް ކުރިއަރައިގެން ދިޔައެވެ. އަދި މުޅި ޝާމް ކަރައިގައި އޮތް އެންމެ މުއްސަނދި ޕްރޮވިންސަކަށް ފިލަސްޠީން ޕްރޮވިންސްވިއެވެ. އޭރު މި ޕްރޮވިންސްގެ ވެރިރަށް އަލް ރާމްލާއަކީ އެ ހިސާބުގެ އެންމެ ރީތި އެއް ރަށެވެ. މިކަން އެ ދުވަސްވަރުގެ ލިޔުންތެރިންގެ ލިޔުންތަކުން އެނގެއެވެ. މިދުވަސްވަރު ފަލަސްޠީނުގެ ދިރިއުޅުނު އެންމެންގެ މެދުގައި އަރަބި ބަސް ފެތުރުނުއެވެ. އަދި ޔަހޫދީންނާއި ނަޞާރާއިންވެސް އެމީހުންގެ އާންމު ބަހަކަށް ޢަރަބި ބަސް ހެދިއެވެ.

ޑރ. މާލްސާޙް ބަޔާންކުރާ ގޮތުގައި މީލާދީން 970 ވަނަ އަހަރު މިސްރުގެ ފާޠިމިއްޔާ ނުވަތަ ފާޠިމީދު ވެރިކަމުން ފަލަސްޠީނަށް އެރިއެވެ. އަދި އޭގެ ދެ އަހަރު ފަހުން އެމީހުން ފަލަސްޠީން އެއްކޮށް ހިފިއެވެ. މިދުވަސްވަރު ވެގެންދިޔައީ ހަމަނުޖެހުމާއި ތަޅާފޮޅުން ބޮޑު ދުވަސްވަރަކަށެވެ. ގާތްގަނޑަކަށް 200 އަހަރަށްފަހު ފާޠިމީދު ވެރިކަން ނިމުނެވެ. އެއަށް ފަހު ފެށުނު އައްޔޫބިޔޫން ނުވަތަ އައްޔޫބިދް ވެރިކަމެވެ. އައްޔޫބިދުގެ ވެރިކަމުގައި ފަލަސްޠީނުގެ ވެރިރަށަކަށް ގުދުސްހެދިއެވެ. ފަލަސްޠީނަށް، 1073 ވަނަ އަހަރު ސެލްޖުކް ރަސްކަމުން އެރިއެވެ. އެއަށްފަހު 1099 ވަނަ އަހަރު ޞަލީބީން ފަލަސްޠީނަށް އެރިއެވެ. އަދި 1187 ވަނަ އަހަރު ސަލާޙުއްދީން އައްޔޫބީ އަލްޤުދުސް ފަތަހަކުރެއްވިއެވެ. އެއަށްފަހު ފަލަސްޠީނުގައި އައްޔޫބީ ވެރިކަން ޒަމާންތަކަކަށް ދެމިގެންދިޔައެވެ. އަދި 1266 ވަނަ އަހަރު ޝާމް ކަރައިގައި ހިމެނުނު ހުރިހާ ގައުމެއް މަމްލޫކް ވެރިކަމުގެ ދަށަށް ދިޔައެވެ. އަދި 1517 ވަނަ އަހަރު ފަލަސްޠީން ޢުޘްމާނީ ޚިލާފަތުގެ ދަށަށް ދިޔައެވެ.

މީގެ އިތުރުން 1799 ގައި ފަރަންސޭސީން ޢަރަބި ބައެއް ގައުމުތަކަށް އެރިއެވެ. މިދުވަސްވަރު އެމީހުންގެ ލީޑަރު ނަޕޯލިއަން ފަލަސްޠީނުގައި ޔަހޫދީންނަށް ވަޒަނެއް ގާއިމްކުރަން މަސައްކަތްކުރިއެވެ. މިއީ ޔޫރަޕުގެ ލީޑަރަކު ޔަހޫދީ ދައުލަތެއް އުފެއްދުމުގެ މަސައްކަތް ފެށި ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް ނަޕޯލިއަންގެ މި މަސައްކަތަށް އެވަގުތު މާބޮޑު ކާމިޔާބެއް ނުލިބުނުއެވެ. ސަބަބަކީ އޭރު އުޘްމާނީ ޚިލާފަތުގެ ބާރުވެސް ގަދަވުމެވެ.

ގާތްގަނޑަކަށް 950 އަހަރު ވަންދެން މުސްލިމުންގެ ތަފާތު ވެރިކަންތައް ދަށުގައި ފަލަސްޠީން އޮތެވެ. މި ދިގު މުއްދަތުގައި ގައުމެއްގެ ގޮތުގައި ނެތަސް ފަލަސްޠީނުގެ ނަމަކަށް ނިމުމެއް ނާދެއެވެ. އަދި ފަލަސްޠީނުގެ ވަޒަންވެރިން އެމީހުންގެ ބަހާއި އެމީހުން އުޅުނު ދީން ތަކުގައި ދެމިތިއްބެވެ. ޢުޘްމާނީ ޚިލާފަތް ނިމުމާއެކު 1917 ވަނަ އަހަރު ގައުމެއްގެ ގޮތުގައި ފަލަސްޠީން އިނގިރޭސި އިސްތިޢުމާރުގެ ދަށަށް ދިޔައެވެ. އެއަށްފަހު އެމީހުންނަށް މިނިވަންކަން ނުދީ އެތަނުގައި އިނގިރޭސީން އުފެއްދީ ޔަހޫދީ ދައުލަތެކެވެ. މިގޮތުން 1948 ވަނަ އަހަރު ޔަހޫދީން އުފެއްދި ދައުލަތަށް އެމީހުން ދިން ނަމަކީ އިސްރާއީލްއެވެ. މިނަން ދިނުމުގެ ބޭނުމަކީ އެމީހުންނާ ބަނީ އިސްރާއީލް ގުޅުވުމެވެ. އަދި އެމީހުންނަކީ އިބުރާހީމްގެފާނު ދަރިފަސްކޮޅުކަމަށް ދެއްކުމެވެ. އަދި އެމީހުންގެ ބަފައިކަލަކީ ޔަޢުޤޫބްގެފާނުކަން ދެއްކުމެވެ.

ބައެއް މީހުންގެ ނަޒަރުގައި އިސްރާއީލް މި ނަމަކީވެސް ބޮޑު އޮޅުވާލުމެކެވެ. ސަބަބަކީ ގައުމެއްގެ ނަމަކަށް މީހެއްގެ ނަން ދިނުމަކީ އާންމުކޮށް ކުރާ ކަމަކަށް ނުވާތީއެވެ. އިސްރާއީލް މިނަން ބޭނުންކުރުމުގެ ބޭނުމަކީ މިއީ ޔަޢުޤޫބް ޢަލައިހިއްސަލާމްގެ ދަރިފަސްކޮޅުކަން ދެއްކުމެވެ. ޔަހޫދީންނަކީ ބަނީ އިސްރާއީލްކަން ދުނިޔެއަށް ދެއްކުމެވެ. ހަގީގަތުގައި ފުރަތަމަ އުފަންވި ޔަހޫދީންނަކީ ޔަހޫދާގެ ދަރިކަލުން ދާވޫދުގެފާނުގެ ދަރިކަލުންނާއި އެކަލޭގެފާނުގެ ދަރިކަލުން ސުލައިމާންގެ ފާނު ގަބޫލުނުކުރި ބައެކެވެ. އެކަމަކު މިއަދު ޔަހޫދީން މިބުނަނީ ދާވޫދުގެފާނާއި ސުލައިމާނުގެފާނަކީ އެމީހުންގެ ނަބިއްޔުން ކަމަށެވެ. އެހެންކަމުން މިއީ މަކަރާއި ހީލަތާއި އޮޅުވާލުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.