Support Us

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި ތުރުކީގެ ރައީސް އުރުދުޣާން (ވ)

ފަލަސްތީނު މައްސަލައާ ބެހޭގޮތުން ރައީސް އުރުދުޣާން، ޑރ. މުއިއްޒާ މަޝްވަރާކުރައްވައިފި

ފަލަސްތީނު މައްސަލައާ ބެހޭގޮތުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ މިއަދު ފޯނުން މަޝްވަރާކުރައްވައިފިއެވެ.

ތުރުކީގެ ރައީސް އޮފީހުން ކުރި އެކްސްއެއް (ޓްވީޓެއް)ގައި ބުނެފައިވަނީ އުރުދުޣާން އާއި ޑރ. މުއިއްޒުގެ މަޝްވަރާތައް ބިނާކުރައްވާފައިވަނީ މިހާރު ކުރިއަށްދާ ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ދެމުންގެންދާ ލާއިންސާނީ ހަމަލަތަކުގެ އެންމެ ފަހުގެ މަރުހަލާތަކާއި އެ ކަމާ ގުޅިގެން އަޅަން ޖެހޭ އިންސާނީ މައްސަލަތަކުގެ ހައްލުތަކާ ބެހޭ ގޮތުން ކަމަށެވެ.

މި މަޝްވަރާފުޅުތަކުގައި އުރުދުޣާން ވިދާޅުވެފައި ވަނީ ތުރުކީން މަސައްކަތް ކުރަމުން އަންނަނީ އިޒްރޭލާއި ފަލަސްތީނުގެ ހޫނުވެފައިވާ މަޝްރަހު ފިނިކުރަން ކަމަށާއި ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކަމަށެވެ.

އެ ގޮތުން، މުޅިން އާ ބާވަތްތަކުގެ ހައްލުތައް ހޯދައިގަނެ، އެ ގޮތުގެ މަތިން ފަލަސްތީނަށް އެހީވަމުން އަންނަ ކަމަށް އުރުދުޣާން ވިދާޅުވި ކަމަށް، ތުރުކީގެ ރައީސް އޮފީހުން ބުންޏެވެ.

ރައީސް އުރުދުޣާން ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެ ކަމަށް ޑރ. މުއިއްޒަށް މަރުހަބާ ދަންނަވާފައި ކަމަށް ވެސް މި އެކްސްގައި ފާހަގަކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ތުރުކިޔޭގެ ރައީސް އުރުދުޣާން އަށް ހަލާކުހުރި. އޭނާއަކީ ކުރިން ފަލަސްތީން ދެކެ ލޯބިން ފަލަސްތީނުގެ ޙައްގުގައި ނުފޮރުޅާ އެއްމެ ގާކޮޅެއްވެސް ނުބާއްވަން ވެގެން އިސްރާއީލަށް ބަހުގެ ޙަމަލާ ދީ އުޅެފައި ކުއްލިއަކަށް އިސްރާއީލް އާއި ގުޅުން ގާއިމު ކުރި ނުބައިނުލަފާ މީހެކެވެ. މިފަހަރުވެސް ގައުމުތަކުގެ ވެރިންނާ ގުޅައިގެން ފަލަސްތީނު މައްސަލައިގައި ވާހަކަ ދައްކަން އެފެށީ މާވެވަށް ވެއްޓުނު ގެރި ނަގާ އުސޫލުންނެވެ. ޔަޢުނީ ޣައްޒާ ބިމާ ހަމަވި ފަހުންނެވެ.

  2. ތުރުކީ އަކީ އިސްލާމީ ޚިލާފަތުގެ އެއްތަނބު ކަމަށް ގަބޫލުކުރެވުނަސް މިހާރު ތިމީހާއަކީ ފިނީ ފަނުފަކުސާއެއްފަދަ މީހެކެވެ. އުރުދުގާން އަށް ކަމެއް ކުރެވުނު ކަމަށް ނުބެލެވުނީ ފިނޑިމީހެއް ފަދައިން ދިވެހިންނަށް ގުޅައި ފޯމިލާ ހޯދަން އުޅުމުންނެވެ. ޔައުނީ އިސްލާމުންނަށް ނަޞްރުދޭން ހަމާސްއާއި ބައިވެރިވެ ހަގުރާމަ ފެށިނަމަ ތިއީ މީހެއް ކަމަށް ބަލާނަމެވެ. ވަގުތު ފާއިތު ވެއްޖެއެވެ. ފަލަސްތީނު ތަޅާ ސުންނާފަތި ކުރިއިރު ކުޅިބަލަން ތިބީއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *