Support Us

ޖާހް ކޮންސްޓްރަކްޝަނަށް ނުނިންމި ދިގުލާތީ އަރބަންކޯއިން މަސައްކަތާ ހަވާލުވެއްޖެ

ޖާހް ކޮންސްޓްރަކްޝަންގެ ފަރާތުން ހުޅުމާލޭގައި ތަރައްޤީ ކުރާ ހައުސިންގ ޔުނިޓްތައް ނުނިމި ގިނަ ދުވަސްތަކެއްވެ އެކަމުގެ ސަބަބުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކަށްވާ ގެއްލުންތައް ކުޑަކޮށް ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް އަރބަންކޯއިން އެ މަސައްކަތާ ހަވާލުވެއްޖެއެވެ.

މި ޕްރޮޖެކްޓަކީ 91% މަސައްކަތް ނިމިފައިވާ ޕްރޮޖެކްޓެއް ކަމުން، ޑިވެލޮޕަރު ބަދަލުކޮށް އައު ޑިވެލޮޕަރެއް ހޯދައި، މިހާރު ހުރި މަސައްކަތްތައް ކުރުމަކީ އެންމެ އެކަށީގެންވާ ކަމަކަށް ނުވާނެތީ، ޖާހް ކޮންސްޓްރަކްޝަނާއި ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއެކު އަރބަންކޯއިން ހެދި އެއްބަސްވުމެއްގެ ދަށުން މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އަރބަންކޯއިން ބުނެއެވެ.

"މި ކޯޕަރޭޝާންގެ އަމާޒަކީ މި މަސައްކަތުގައި މިހާރު ވެވިފައިވާ އެއްބަސްވުންތަކާއި ޑިވެލޮޕަރުގެ ފަރާތުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި ދެމެދު ވެފައިވާ މުޢާމަލާތްތައް ބަލާ ދެ ފަރާތައްވެސް ގެއްލުން ނުވާނެހެން ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތްތައް ނިންމާލުންކަން ފާހަގަކުރަމެވެ." އަރބަންކޯއިން ނެރުނު ބަޔާނެއްގައިވެއެވެ.