Support Us

ޗައިނާގެ ދެ ކުންފުންޏަކުން ސުވޭސް ކެނެލްގައި ދެ ބިލިއަން ޑޮލަރު ވުނަކުރަނީ

ސުވޭސް ކެނެލްގެ އިޤްތިޞާދީ ސަރަޙައްދު ތެރޭގައި ޗައިނާގެ ތޭޑާ ކުންފުންޏާއި ޝެން ޝިންގް ކުންފުނިން ދެ ބިލިއަން ޑޮލަރު ވުނަކުރަން ގަސްތުކުރާ ކަމަށް މިޞްރުގެ ކެބިނެޓުން މިއަދު ހާމަކޮށްފިއެވެ.

މި ފައިސާ ވުނަކުރެވޭނީ އެކަތަޔާއި ދަގަނޑާ ބެހޭ ތަފާތު މަޝްރޫޢުތަކަށެވެ. މި މަޝްރޫޢުތައް ހިންގޭނީ ޤާހިރާގައި މިހާރު ހުރި ދަނގަޑާއި އެކަތަޔާ ބެހޭ އެކުވެނީގެ ބަދަލުގައި ކަމަށް ޤާހިރާއިން ބުނެއެވެ. 

ޗައިނާގެ މި ދެ ކުންފުނިން ދަގަނޑާއި އެކަތަޔާ ބެހޭ  މަޝްރޫޢުތައް ޤާއިމުކުރާނީ 1.7 މިލިއަން އަކަ މީޓަރުގެ  ބިމެއްގައެވެ. މި މަޝްރޫޢުތަކުން އަހަރަކު 2.6 ބިލިއަން ޑޮލަރުގެ އުފެއްދުން އުފައްދާނެއެވެ. މި މަޝްރޫޢުތަކުގެ ސަބަބުން 2،100 ވަޒީފާ ފުރްޞަތު މިޞްރަށް ތަނަވަސްވެގެންދާނެއެވެ. 

މިޞްރުގެ މީޑިއާ ބުނާގޮތުގައި މި މަޝްރޫއުގެ ދަށުން އުފެއްދޭނީ ފާޚާނާ ނިޒާމަށް ބޭނުންވާ ބޮޑެތި ހޮޅިއާއި އެކަތައިގެ ތަފާތު އުފެއްދުންތަކެވެ.

ޗައިނާގެ ޝެން ޝިންގް ކުންފުންޏަކީ މި މައިދާނުގެ ވަރަށް ތަޖްރިބާކާރު ކުންފުންޏެކެވެ. 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *