...

Support Us

ކުޑަކުދިންނާއި އަންހެނުންނަށް ޚާއްސަ ފިޓްނަސް ސްޓޫޑިއޯއެއް ތިނަދޫގައި ހުޅުވައިފި

ކުޑަކުދިންނާއި އަންހެނުންނަށް ޚާއްޞަ ފިޓްނަސް ސްޓޫޑިއޯއެއް ގދ. ތިނަދޫގައި ހުޅުވައިފިއެވެ.

މި މަހުގެ ފުރަތަމަ ދުވަހު ރަސްމީކޮށް ހުޅުވި "ވޮންޑަރ ވުމަން ފިޓްނަސް ސްޓޫޑިއޯ" އަކީ ކަސްރަތާއި ބޮޑީ ބިލްޑިންގެ ރޮނގުން ތަޖުރިބާކާރު އަދި މަޝްހޫރު ޓްރޭނަރ ޢަލީ ޝަރީފް (ޓްރެއިން ވިތް ޢަލީ) ހުޅުވި ތަނެކެވެ.

ތިނަދޫ ބްލޫބެރީގޭގައި ހުޅުވި ވޮންޑަރވުމަން ފިޓްނަސްގެ ޕްރޮގްރާމް މެނޭޖަރު އަރޫޝާ މުހައްމަދު ވިދާޅުވީ އެތަން ރަސްމީކޮށް ހުޅުވުމުގެ އެއް މަސް ކުރިން ފެށިގެން ޓްރެއިނަރުން ތަމްރީނުކުރުމާއި ކުޑަކުދިންގެ ޚާއްޞަ ކްލާސްތައް އަދި މައުލޫމާތު ސެޝަންތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

"މިއީ މުޅި އަތޮޅަށް ވެސް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ތަނެއް. ތަފާތު އާ ކަންތައްތަކެއް ދުޅަހެޔޮ ސިއްޙަތެއް ލިބިގަތުމަށް ހިންގާނެ،" "އަދިވެސް" އަށް މައުލޫމާތު ދެއްވަމުން އަރޫޝާ ވިދާޅުވިއެވެ.

"އަދިވެސް" އަށް މައުލޫމާތު ދެއްވަމުން ވޮންޑަރވުމަން ފިޓްނަސްގެ ވެރިޔާ އަދި މިހާރު ޕުލްމަން މޯލްޑިވްސްގެ ލައިފް ސްޓައިލް މެނޭޖަރކަންވެސް ކުރައްވާ ޢަލީ ޝަރީފް ވިދާޅުވީ ވޮންޑަރވުމަން ފިޓްނަސްގެ ބޭނުމަކީ ކަސްރަތުގެ މައުލޫމާތާއި ކަސްރަތާ ބެހޭ ދުނިޔޭގައި އެންމެ ހިނގާ ޕްރޮގްރާމްތައް ތިނަދު އަށް ތައާރަފްކުރުން ކަމަށާއި އަދި މިއީ ރަށަށް ދެވޭ ހަދިޔާއެއް ކަމަށެވެ.

"ލެސް މިލްސް ފަދަ މަޝްހޫރު ޕްރޮގްރާމްތައް އަޅުގަނޑު ބޭނުން ތިނަދޫ އާއި މި އަތޮޅަށް ހިންގަން. ކުޑަކުދިންނާއި ޒުވާންނާއި އުމުރުގެ އަންހެނުންނަށް މުހިންމު ގިނަ ކަސްރަތު ޕްރޮގްރާމްތަކާއި ކްލާސްތައް މިހާރުވެސް ކުރިއަށް އެބަދޭ،" ގިނަ ރިސޯޓްތަކެއްގައި ފިޓްނަސް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ އަލީ ޝަރީފް ވިދާޅުވިއެވެ.

ވޮންޑަރ ވުމަން ފިޓްނަސްގައި ވަރކްއައުޓް ހޯލެއްގެ އިތުރުން ކޮފީ އޭރިއާ އަކާއި ޗޭންޖިން އޭރިއާއެއް ހަދައިފައިވެއެވެ.

އިތުރު ފޮޓޯ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *