Support Us

ހިޓާޗީ ދޮންނަމެޝިނަށް ހާއްސަ "ދޮވެ ހިއްކާ" ޕްރޮމޯ، ހާއްސަ އިނާމުތަކަކާއެކު

ހިޓާޗީ ބްރޭންޑްގެ ދޮންނަ މެޝިނަށް ހާއްސަ "ދޮވެ ހިއްކާ" ޕްރޮމޯއެއް، އަގުހުރި އިނާމުތަކަކާއެކު އެސް.ޓީ.އޯ އިން ފަށައިފިއެވެ.

މިއަދުން ފެށިގެން ނޮވެމްބަރު ފަހަކަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ވިއްކާ ހިޓާޗީ ބްރޭންޑްގެ ކޮންމެ މެޝިނަކުންވެސް %10ގެ ޑިސްކައުންޓަކާއި ޕަރސިލް ބެރޭންޑްގެ ދޮންނަކުނޑި ތިން ފުޅި ލިބޭނެ ކަމަށް އެސް.ޓީ.އޯ އިން ބުނެއެވެ.

މީގެ އިތުރުން ކުރާ ކޮންމެ 1،000ރ.ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި ގުރުއަތުން ދިމާވާ ނަސީބުވެރިންނަށް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅައިފިއެވެ.

އިނާމުތައް:

1 ވަނަ އިނާމު: ހިޓާޗީ ފްރިޖެއް

2 ވަނަ އިނާމު: 12،000 ބީޓީޔޫގެ ހިޓާޗީ އެއަރކޮންޑިޝަނަރއެއް

3 ވަނަ އިނާމު: ހިޓާޗީ ޝަވަރ ހީޓަރަކާއި 32 އިންޗީގެ ހިޓާޗީ ޓީވީއެއް

މީގެ އިތުރުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ހަތް ފަރާތަކަށް ހިޓާޗީ ވެކިއުމް ކްލީނަރެއް ލިބޭނެ ކަމަށް ވެސް އެސް.ޓީ.އޯ އިން ބުނެއެވެ.