Support Us

އެސް.ޓީ.އޯ ކާޑު ގުދަނުގައި ސޯލާ ޕީވީ ސިސްޓަމް ޤާއިމްކުރުމުގެ ޕްރޮޖެކްޓުގެ ތެރެއިން.. -ފޮޓޯ: އެސް.ޓީ.އޯ

އެސް.ޓީ.އޯ ކާޑު ގުދަނުގައި ސޯލާ ޕީވީ ސިސްޓަމް ޤާއިމްކޮށްފި

އެސް.ޓީ.އޯ ކާޑު ގުދަނުގައި ސޯލާ ޕީވީ ސިސްޓަމް ޤާއިމްކޮށްފިއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ އޯޒޯން ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓަކީ އެ ކުންފުނީގެ "ގްރީން އިނީޝިއޭޓިވްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން ރިނިވްބަލް އެނާޖީން ކަރަންޓް އުފެއްދުމަށް ހިންގި ޕައިލޮޓް ޕްރޮޖެކްޓެއް" ކަމަށް އެސް.ޓީ.އޯ އިން ބުނެއެވެ.

ކަޅުތުއްކަލާކޮއްޓާ އިންވެގެން ހުންނަ އެސްޓީއޯގެ ކާޑު ގުދަނުގައި އިންސްޓޯލް ކޮށްފައިވާ ސޯލާ ފެނަލްތަކުން އެ ގުދަނަށް ބޭނުންވާ ކަރަންޓުގެ އިތުރުން އެ ތަނުން އުފައްދާ ކަރަންޓް ސްޓެލްކޯގެ ގްރިޑަށް ފޮނުވައިގެން އެސްޓީއޯގެ މެޑިކަލް ގުދަނުގެ ކަރަންޓުގެ ބޮޑު ބައެއްވެސް ސޯލާ އެނާޖީން ބޭނުންކުރެވިގެންދާނެ ކަމަށް އެސް.ޓީ.އޯ އިން ބުނެއެވެ.

އެސް.ޓީ.އޯ ކާޑު ގުދަނުގައި ސޯލާ ޕީވީ ސިސްޓަމް ޤާއިމްކުރުމުގެ ޕްރޮޖެކްޓުގެ ތެރެއިން.. -ފޮޓޯ: އެސް.ޓީ.އޯ

މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށީ މި އަހަރުގެ ޖުލައި 17 ގައެވެ.