Support Us

ޓީޓީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ރައީސްގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

"ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022″ ނިންމުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި މުބާރާތުގެ "ކެޑޭޓް އަންހެން ޓީމް" އަދި "ޖޫނިއަރ އަންހެން ޓީމް"ގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ގޯލްޑް، ސިލްވަރ އަދި ބްރޯންޒް މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި މި މުބާރާތުގެ "ކެޑޭޓް ފިރިހެން ޓީމް" އަދި "ޖޫނިއަރ ފިރިހެން ޓީމް"ގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ގޯލްޑް، ސިލްވަރ އަދި ބްރޯންޒް މެޑަލް ހަވާލުކޮށްދެއްވީ ފަޒްނާ އަޙްމަދެވެ.

މި ރަސްމިއްޔާތުގައި އޭޝިޔަން ޓޭބަލް ޓެނިސް ޔޫނިއަންގެ ރައީސް ޚަލީލް އަލް މޮހައްނަދީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ހަދިޔާއެއް ވެދުން ކުރެއްވިއެވެ.

"ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022″ މުބާރާތުގައި ދެކުނު އޭޝިއާ ސަރަޙައްދުގެ ހަތް ޤައުމެއްގެ ޖޫނިއަރ އެތުލީޓުން ބައިވެރިވިއެވެ. މުބާރާތުގައި ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް، އިންޑިޔާ އަދި ޕާކިސްތާން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *