Support Us

ރައީސް ސޯލިހުގެ ދެ ކަނބަލުން ހިލްޓަން ހޮޓަލަށް އިއްޔެ ވަޑައިގަތުމުން ގައުމީ ޓީމުގެ ފަރާތުން މަރުހަބާ ދަންނަވަނީ -ފޮޓޯ: ރައީސް އޮފީސް

ރާއްޖެ-ލަންކާ މެޗު ފަށާ ގަޑި އަނެއްކާ ވެސް ބަދަލުކޮށްފި

ސްރީލަންކާގެ ބޮޑުވަޒީރުގެ ތައްޓަށް ކުޅޭ ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެއްސި ރާއްޖެ އާއި ލަންކާ ވާދަކުރާ މެޗު ފަށާ ގަޑި އަނެއްކާ ވެސް ބަދަލުކޮށްފިއެވެ. ކޮލަމްބޯ ރޭސްކޯސް ސްޓޭޑިއަމްގައި މި މެޗު ފެށުމަށް މިހާރު ހަމަޖެހިފައި ވަނީ މާލޭ ގަޑިން މިއަދު މެންދުރުފަހު 3.30 ގައި ކަމަށް ލަންކާ ފުޓްބޯލް ފެޑެރޭޝަނުން ބުނެއެވެ.

"ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ" އަށް ކުޅޭ، ހަތަރު ގައުމު ވާދަކުރާ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމީޔާތު އޮންނާނީ މިއަދުގެ މެޗު ފެށުމުގެ އެއްގަޑިއިރު ކުރީންނެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު އިއްޔެ ހެނދުނު ވަނީ ސްރީލަންކާ އަށް ވަޑައިގެންފައެވެ. ރައީސް ސޯލިހާއި ވަފުދުވެސް ލަންކާގައި ތިއްބަވަނީ ގައުމީ ޓީމު ތިބޭ ފަސް ތަރީގެ ހިލްޓަން ހޮޓަލުގައެވެ.

ރޭ ކުޅެން އޮތް ރާއްޖެ-ލަންކާ މެޗު، ކިކޯފްކުރަން ދެތިން ގަޑިއިރަށްވެފައި ވަނިކޮށް ފަސްކުރީ ގުގުރައި ވިދާ ވިއްސާރަވުމުގެ ސަބަބުންނެވެ. މެޗު ފަސްކުރުމަށްފަހު ލަންކާ ފުޓްބޯލް ފެޑެރޭޝަނުން އިއްޔެ ހަވީރު ބުނީ ރާއްޖެ-ލަންކާ މެޗު ކުޅޭނީ އަންގާރަ ދުވަހުގެ ރޭ މާލޭ ގަޑިން 8.30 ގައި ކަމަށެވެ.

ރޭ 8.30 ގައި ފަށާން އޮތް ރާއްޖެ-ލަންކާ މެޗު ފަސްކުރީ އެންމެ ފަހު ވަގުތު ނަމަވެސް، މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކުޅެން އޮތް ބަންގްލަދޭޝް- ސީޝެލްސް މެޗު، މޫސުން ގޯސްވުމުގެ ސަބަބުން ހޮނިހިރު ދުވަހު ވަނީ ފަސްކޮށްފައެވެ. އެ މެޗު ވެސް ފަސްކުރީ މިއަދަށެވެ. ނަމަވެސް، ރާއްޖެ- ލަންކާ މެޗުގެ ވަގުތަށް މި ގެނައި ބަދަލުގެ ސަބަބުން ބަންގްލަދޭޝް- ސީޝެލްސް މެޗު ކުޅޭ ގަޑިއެއް އަދި ނޭނގެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް