...

Support Us

"ރާޖަޕަކްސަ ޓްރޮފީ" ފެށުމުގެ ރަސްމިއްޔާތަށް ރައީސް ލަންކާއަށް

ކޮލަމްބޯގައި މިރޭ ފެށުމަށް ހަމަޖެހިފައިވާ "ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ހެނދުނު ސްރީލަންކާ އަށް ވަޑައިގެންފިއެވެ. ރައީސްގެ ދަތުރުފުޅުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރާއްޖެއާއި ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސް ވާދަކުރާ މި މުބާރާތް ފެށުމުގެ ގޮތުން މިރޭ ކުޅޭ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖެއާއި ސްރީލަންކާއެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކުޅެން އޮތް ބަންގްލަދޭޝް- ސީޝެލްސް މެޗު، މޫސުން ގޯސްވުމުގެ ސަބަބުން މާދަމާއަށް ވަނީ ފަސްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ ބައްދަލުކުރައްވައި ރަސްމީ ވާހަކަތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *