Support Us

ފޯނުން ގުޅައިގެން މަކަރާއި ހީލަތުން 150،000ރ. އަތުލި ކާށިދޫ މީހަކު ފުލުހުން ހޯދަނީ

މީހަކަށް ފޯނުން ގުޅައި މަކަރާއި ހީލަތުން 150،000ރ. އަތުލައިފައިވާ މައްސަލައެއްގެ ތަހުގީގަށް ކ. ކާށިދޫ މީހަކު ހާޒިރުވުމަށް އަންގައި، އެ މީހާގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ ތ. ގުރައިދޫ ޕޮލިސް ސްޓޭޝަނުން ބަލައި، މަކަރާއި ހީލަތުން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައިފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ތަހުގީގަށް އޭނާ ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ތަހުގީގަށް ހާޒިރުވާންޖެހޭ މީހާގެ މައުލޫމާތު:

ނަމާއި އެޑްރެސް އަދި އުމުރު: މުޙައްމަދު އުނައިސް، ގަސްފިނޮޅު/ކ. ކާށިދޫ (31 އަހަރު)

އައިޑީ ކާޑު ނަންބަރު: A290151

ހާޒިރުކުރެވޭ ހައިސިއްޔަތު: މީހަކަށް ފޯނުން ގުޅައި މަކަރާއި ހީލަތުން 150،000ރ. ހޯދާފައިވާ މައްސަލައިގެ ތަހުގީގަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ތ. ގުރައިދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް، 2021 ސެޕްޓެމްބަރު 05 ވަނަ ދުވަހުގެ ކުރިން.

"މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ތ. ގުރައިދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9800113 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *