Support Us

ރައީސުލްޖުމްހޫރިއްޔާ ތ. އަތޮޅަށް ފުރާވަޑައިގެންފި

ތ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހަވީރު ފުރާވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ކޮޅުމަޑުލުގެ ހަތް ރަށަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ތިމަރަފުށްޓަށެވެ. އެއައްފަހު ކިނބިދޫއަށާއި އޮމަދޫއަށާއި،ވޭމަންޑޫއަށް ވަޑައިގަންނަވާނެއެވެ. އަދި ވަންދޫއަށާއި ކަނޑޫދޫއަށާއި ގާދިއްފުށްޓަށް ވެސް އެމަނިކުފާނު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން މަސްވެރިންނާއި ދަނޑުވެރިން އަދި، ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޮމަދޫ ބަނދަރު ހުޅުއްވައިދެއްވައި، އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރެޔެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *