Support Us

ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން ފަށައިފި، ދުވާލަކު ދެ ޓަވަރަށް ގުޅުން ދޭނެ

ހުޅުމާލޭ ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން މިއަދު ފަށައިފިއެވެ.

ސްޓެލްކޯ އިން ބުނީ ތާވަލްކޮށްފައި ވަނީ، ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް-2ގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓު ހިމެނޭ ޓަވަރުތަކުގެ ތެރެއިން ދުވާލަކު ދެ ޓަވަރަށް ކަރަންޓު ދޭން ކަމަށާއި މިގޮތުން ޓަވަރު 15 އަދި 16 އަށް މިއަދު ކަރަންޓު ދޭނެ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ހެނދުނު 9 ން ހަވީރު 5 އަށް ކުރިޔަށްދާނެ ކަމަށެވެ.

"މި ދެންނެވި ދެ ޓަވަރުން ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ސްޓެލްކޯއިން އެސް.އެމް.އެސް އެއް ފޮނުވާނެ. އެސް.އެމް.އެސް ލިބިވަޑައިގަތުމުން ކަރަންޓު ލުމަށްޓަކައި ސްޓެލްކޯއާއެކު ސޮއިކޮށްފައިވާ ފަރާތްތަކުން ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއެކު، އެ ޓަވަރަކަށް ވަޑައިގަތުމުން އެ ފްލެޓަކަށް ކަރަންޓު ދެވިގެންދާނެ. މި މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް ލިބި ހާޒިރު ނުވެވިއްޖެ ކަމަށްވާނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ދެވިގެންދާނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުން،" ސްޓެލްކޯ އިން ބުނެއެވެ. "އެހެން ކަމުން ކޮންމެ ދުވަހަކުވެސް ކަރަންޓު ދެވޭ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަށް އެ ދުވަހަކު ހާޒިރުވުމަށް އިލްތިމާސްކުރަން. ކޮންމެ ދުވަހަކުވެސް ޖެހިގެން އަންނަ ދުވަހު ކަރަންޓު ދެވިގެންދާނެ ދެ ޓަވަރު މިކުންފުނީގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނާ ހިއްސާކުރަމުން ގެންދާނަން."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *