މަގުމަތިން ހިނގައިފައި ދިޔަ މީހެއްގެ ފޯން ފޭރިގެންފައިވާ މައްސަލައާ ގުޅިގެން ދެ މީހަކު ހޯދަން އެ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ ވީޑިއޯއިން އެ ފެންނަ ދެ މީހުންނަކީ ޖޫން 29 ވަނަ ދުވަހުގެ ވަގުތެއްގައި މަގުމަތިން ހިނގައިފައި ދިޔަ މީހެއްގެ މޯބައިލް ފޯން ފޭރިގެންފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެމީހުން ކަމަށެވެ.
ފޯނު ފޭރޭ ތަނެއް ވީޑިއޯ އަކުން ނުފެނެއެވެ. ނަމަވެސް، ފޯނު ފޭރުމަށްފަހު އެ ދެ މީހުން އަންނަތައް އެ ވީޑިއޯ އިން ފެނެއެވެ.
"ވީމާ މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 490737 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.