Support Us

މަސްތުވާތަކެއްޗާއެކު ގދ. ވާދުއާއި ގދ. ގަމުން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ އެކު ގދ. ވާދުއާއި ގދ. ގަމުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިގޮތުން ވާދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު ވާދޫ ބަނދަރުމަތިން 27 އަހަރުގެ މީހަކު ހުއްޓުވައި އޭނާގެ ހަށިގަނޑާއި އޭނާ ފިލަން ދުވި ސަރަޙައްދު ބެލިއިރު އެ ދިމާ ބިންމަތިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދެ ދަޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން ގދ. ގަމުގައި ދަނޑުވެރިކަން ކުރާ ތަނެއްގައި މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 31 އަހަރުގެ މީހަކު ހައްޔަރުކޮށް ގަމުގައި ދަނޑުވެރިކަންކުރާ ސަރަހައްދު ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 31 ރަބަރު ޕެކެޓާއި ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ދެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް