Support Us

ޒަހާ ވަޙީދަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވަނީ

ފިޝަރީޒް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ޒަހާ ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް

ފިޝަރީޒް މިނިސްޓަރުކަމުން އަމިއްލަ އަށް އިސްތިއުފާ ދެއްވި ޒަހާ ވަޙީދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޒަހާ މަޤާމަށް ޢައްޔަންކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ފިޝަރީޒް މިނިސްޓަރުކަމުން މި އަހަރުގެ މޭ 5 ގައި ޒަހާ އިސްތިއުފާ ދެއްވީ ރައީސް މައުމޫންގެ އެމް.އާރް.އެމްގެ ސްލޮޓެއްގައި ވަޒީރުންގެ މަޖިލީހުގައި އިންނަވައިފައެވެ. އިސްތިއުފާ ދެއްވި ސަބަބު އެކަމާ ހާމައެއް ނުކުރައްވައެވެ. ނަމަވެސް، މިނިސްޓްރީގެ މަސައްކަތްތައް ނުހިނގާތީ އެކަމުގެ ޝަކުވާތައް އޮތީ ވަރަށް ބޮޑުވެފައެވެ. ރައްޔިތުންގެ މަޖިލީހުގައި ވެސް އެ މައްސަލަ ވަރަށް ހޫނުވެގެންދިޔައެވެ.

ޒަހާ އަކީ ފިޝަރީޒް މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން ޒަހާ މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން 1989 އާއި 2008 ވަނަ އަހަރާއި ދެމެދުގައި ޒަހާ ވަޙީދު ފިޝަރީޒް މިނިސްޓްރީގައި އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ސީނިއަރ ރީސާރޗަރ، ޑެޕިއުޓީ ޑިރެކްޓަރ، އަދި، ހެޑް އޮފް ޕޮލިސީ ޕްލޭނިންގް އެންޑް ކޯޑިނޭޝަން ސަރވިސް ހިމެނެއެވެ. މީގެ އިތުރުން، ނޮވެމްބަރ 2013 އިން އޮގަސްޓް 2015 އާއި ދެމެދުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމުވެސް ޒަހާ ފުރުއްވާފައިވެއެވެ.

ޒަހާ އަކީ، މެރިން ސައިންސް (ފިޝަރީސް ރިސޯސް މެނޭޖްމަންޓް) އިން މާސްޓަރ އޮފް ސައިންސް (އެމް.އެސް.ސީ) ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން، ބެޗެލަރ އޮފް ސައިންސް (ބީ.އެސް.ސީ ވިތް ޖޮއިންޓް އޮނާރސް) އިން މެރިން ބަޔޮލޮޖީ އެންޑް އޯޝެނިއޯގްރަފީ ވެސް ޒަހާ ވަނީ ފުރިހަމަ ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް