Support Us

މަސްތުވާތަކެއްޗާއެކު ކިނޮޅޮހުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ރ. ކިނޮޅޮހުން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކިނޮޅަހު ބަނދަރުގައި އޮތް ސަޕްލައި ދޯންޏެއްގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި 40 އަހަރުގެ ފިރިހެނަކު ކިނޮޅަހު ބަނދަރުމަތިން ހައްޔަރުކޮށް އޭނާގެ ހަށިގަނޑާއި އެ ދޯނި ބަލައި ފާސްކުރިއިރު އެ ދޯނި ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ސެލޯފިންކޮޅު ވަނީ ފެނިފައެވެ.

އޭގެ އިތުރުން ލ. ގަމު ގެއެއްގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގަން ޕޮލިސް ސްޓޭޝަނުން ކޯޓު އަމުރެއްގެ ދަށުން ގަމު ގެއެއް ބަލައި ފާސްކުރިއިރު އެ ގޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 10 ސެލޯފިންކޮޅާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ބައެއް ސާމާނު ވަނީ ފެނިފައެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި ދެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *