Support Us

ޑރ. އަޝްރަފް ޢަބްދުއްރަޙީމް އަދި ޒުލްފާ އިބްރާހީމް

ދިވެހިބަހުގެ އެކެޑަމީގެ ރައީސަކަށް ޑރ. އަޝްރަފް، ނައިބު ރައީސާއަކަށް ޒުލްފާ

ދިވެހިބަހުގެ އެކެޑަމީގެ ރައީސަކަށް ޑރ. އަޝްރަފް ޢަބްދުއްރަޙީމް އަދި ނައިބު ރައީސާއަކަށް ޅ. ކުރެންދޫ، ނޫރަންގޭ ޒުލްފާ އިބްރާހީމް މިއަދު އިންތިހާބުކޮށްފިއެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ތިން ވަނަ ދައުރުގެ ރައީސާއި ނައިބު ރައީސް މި އިންތިހާބުކުރީ، އެކަޑަމީގެ ރައީސްކަމުގައި މިހާތަނަށް ހުންނެވި އަޝްރަފު އަލީ އާއި ނައިބު ރައީސާ ރާފިޢާ ޢަބްދުލްޤާދިރުގެ ފަސް އަހަރުގެ ދެ ދައުރު މިއަދު ހަމަވުމުން، ގާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަލުން މެމްބަރުން އައްޔަންކުރެއްވުމުންނެވެ. މި ދެ ބޭފުޅުންނަކީ ވެސް ބަހަވީ ޢިލްމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރައްވައިފައިވާ ދެ ބޭފުޅުންނެވެ.

އަޝްރަފާއި ރާފިއާގެ އިތުރުން، މުހައްމަދު ޝާހިދު ހަލީމުގެ މެމްބަރުކަމުގެ ދައުރުވެސް މިއަދު ވަނީ ހަމަވެފައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރު ދައުރަކަށް ޝާހިދު އައްޔަންކުރައްވައިފައެވެ.

ދިވެހިބަހުގެ އެކެޑަމީގެ މެންބަރުން:

  1. އަޝްރަފް ޢަބްދުއްރަޙިމް، ދަފްތަރު. ނަންބަރު ރސ 1901
  2. ޒުލްފާ އިބްރާހީމް، ޅ.ކުރެންދޫ، ނޫރަންގެ
  3. މުޙައްމަދު ޝާހިދު ޙަލީމް، މ.ޑައިމަންޑްވެލީ،
  4. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން، މއ.އުރަހަ
  5. ޢިޔާޒު ޖާދުﷲ ނަސީމް، ދަފްތަރު ނަންބަރު 8255،

ދިވެހިބަހުގެ އެކަޑަމީގެ ރައީސާއި ނައިބުރައީސް ހޮވީ މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުގެ އިއްތިފާގުންނެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ނާއިބުރައީސެކޭ ނުކިޔޭނެ ނޫންތޯ؟ ޢަރަބި ގޮތަށް ވިއްޔާ ކިޔާން ޖެހޭނީ "ނާއިބާރައީސް" (ރައީސްގެ ނާއިބާ). އެއީ ފިރިހެނަކު ރައީސަކަށް ހުރީމާ. ދިވެހި ގޮތަށްވިއްޔާ ހަމަ "ނާއިބުރައީސް" ކީމާ އޯކޭ ވާނެ. "ނާއިބްރައީސާ" (ރައީސާގެ ނާއިބު) ކިޔޭނީ، އަންހެނަކު ރައީސާއަކަށް ހުރެފައި ނާއިބަކަށް ފިރިހެނަކު ހުރިއްޔާ. ވީމާ މި ފަދަ ކަންކަން އިޞްލާޙުކުރައްވާނެ ކަމަށް އުންމީދުކުރަން.

  2. ނައިބު ރައީސް ކިޔަން ޖެހޭނެ ކަމަށް ދެކެނީ! މިހާރަކު އިނގިރޭސި ބަހަކުވެސް މަގާމުގެ ނަމެއް ވަކި ޖިންސަކަށް ނިސްބަތް ވާތީ އޭ ކިޔާފަ، ތަފާތެއް ނުކުރޭ! މެނޭޖަރަކަށް މެނޭޖަރެސް އެކޭ ނުކިޔާ މިހާރަކު އެއް! ހަމަ އެހެން އެކްޓަރަކަށް އެކްޓްރެސް އެކޭވެސް ނުކިޔާ! މަތިންދާ ބޯޓުގަވެސް މިހާރަކު އެޔަރ ހޯސްޓެސް އެކޭ ނުކިޔާ، ކިޔަނީ ކެބިން ކްރޫ! އެހެންވީމަ، ރައީސާ ކީމަ އައިބު ކަމަށް ދެކެނީ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *