Support Us

ސޭފްޓީ ދަލަކާއި މާކަރީ ލައިޓެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

މާފަންނުކޮޅުގައި ހަދަމުންދާ ގެއަކުން ސޭފްޓީ ދަލަކާއި މާކަރީ ލައިޓެއް ވަގަށް ނަގައިފައިވާ މައްސަލައާ ގުޅިގެން ދެ މީހަކު ހޯދަން އެ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ ވީޑިއޯއިން އެ ފެންނަ ދެ މީހުންނަކީ މި އަހަރުގެ ފެބްރުއަރީ 20 ވަނަ ދުވަހުގެ މެންދުރު ގަޑީގައި، މ. ނައިންހައުސް އިން ސޭފްޓީ ދަލަކާއި މާކަރީ ލައިޓެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.

ސީސީޓީވީގެ އެ ވީޑިއޯ އިން ފެންނަ ގޮތުގައި ބިދޭސީން ކަމަށް ބެލެވޭ އެ ދެ މީހުން، މާސްކު އަޅައިގެން، ދެ އަތް ފުރަގަހަށް ލައިގެން ތިބެ އެ ގޭތެރެއަށް މަޑުމަޑުން ވަދެގެން، ސިޑިން އަރާތަން ފެނެއެވެ.

"ވީމާ މި ދެ މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މި މައްސަލައިގެ އިންސިޑެންޓް ނަންބަރު 479616 ވިދާޅުވެ، އެ މައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް