Support Us

އެޗް.ޑީ.ސީން ތިލަފުށީގައި ކުރަމުންދާ މަސައްކަތްތައް ނައިބު ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވައިފި

ހުޅުމާލެ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ތިލަފުށީގައި ކުރަމުންދާ ބައެއް މަސައްކަތްތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް މިއަދު ނަސީމް ތިލަފުއްޓަށް ޒިޔާރަތްކުރައްވައިފިއެވެ. މިއަދު މެންދުރުފަހު އެމަނިކުފާނު ކުރެއްވި މި ޒިޔާރަތުގައި ވަނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނާ ގުޅޭ ޕްރެސެންޓޭޝަނެއް ބައްލަވައިލައްވައި، އެކަމާ ގުޅޭ މަޢުލޫމާތު ސާފުކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ހިއްކާ ސަރަޙައްދާއި، ތިލަފުށީގައި އެޗް.ޑީ.ސީން ޤާއިމުކޮށްފައިވާ ކެމިކަލް ގުދަންތައް ބައްލަވައިލައްވައިފައެވެ. އަދި، އެމަނިކުފާނުގެ މި ޒިޔާރަތުގައި އެމް.ޓީ.ސީ.ސީގެ އޮފީސް ސަރަޙައްދާއި، ޑޮކްޔާޑެއްވެސް ވަނީ ބައްލަވައިލައްވާފައެވެ.

މާލޭގައި ކެމިކަލް ގުދަނެއް ގޮވައިގެން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާޔާ ގުޅިގެން މާލޭ ސަރަޙައްދުގެ ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކޮށްފައި ވާއިރު، ތިލަފުށީގައި އެޗް.ޑީ.ސީން ހިންގާ ކެމިކަލް ގުދަނުގައި 34 ޔުނިޓް ވަނީ ޤާއިމުކޮށްފައެވެ. އަދި، މި ގުދަނުގެ ޔުނިޓްތަކަކީ އަމިއްލަ ފަރާތްތަކަށް ވިޔަފާރީގެ އުޞޫލުން ކުއްޔަށް ދޫކޮށްފައިވާ ޔުނިޓްތަކެކެވެ.

އެޗް.ޑީ.ސީ އިން އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްގެން ތިލަފުށީ ދެވަނަ ފިޔަވަހީގައި ހިއްކުމަށް ހަމަޖެހިފައިވަނީ 127 ހެކްޓަރުގެ ބިމެވެ. މި ބިން ހިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށީ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނާ އެއްގޮތަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *