Support Us

ހިޔާ ފުލެޓު އެއްބަސްވުމުގައި ސޮއިކުރުން މާދަމާ އަލުން ފަށަނީ

ހިޔާ ފުލެޓު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މާދަމާ އަލުން ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.

ހުޅުމާލެ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ބުނީ ސޮއިކުރުމުގެ އިދާރީ މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން އައި އެ ކުންފުނީގެ މުވައްޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، މިދިޔަ ބުދަ ދުވަހުން ފެށިގެން ސޮއިކުރުން މެދުކަނޑާލަން ޖެހުނު ނަމަވެސް މާދަމާ އަލުން ސޮއިކުރުމުގެ މަސައްކަތް ފަށަނީ އިތުރަށް އަޅަންޖެހޭ ރައްކާތެރިކަމުގައި ފިޔަވަޅުތަކާއެކު ކަމަށެވެ.

ސޮއިނުކޮށް ހުރި އެއްބަސްވުމުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ދާނީ މި މަހުގެ 7، 8، 10، 11، 14، 16، 17 އަދި 18ގެ ނިޔަލަށް ކަމުގައި ވެސް އެޗް.ޑީ.ސީން ބުނެއެވެ.

ސޮއިކުރަން ހާޒިރުވާ މީހުން ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން

  • ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން،
    އަމިއްލަ ގަލަން (ދެލި ނުފޭދޭ، ނޫކުލައިގެ) އަދި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުރާ "އިންކް ޕެޑް" ގެނައުން
  • ފުލެޓުގެ އެއްބަސުވުމުގައި ސޮއިކުރުމަށް ގިނަ ފަރާތްތަކަކަށް ތާވަލު ކުރެވިފައިވާތީ، އެއްބަސްވުން ސޮއިކުރުމަށް ހަމަޖެހިފައިވާ ހޯލަށް
    ވަނުމަށާއި ފުލެޓާއި ހަވާލުވުމަށް ފުރުޞަތު ދެވޭނީ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތުގެ އިތުރުން ހެކިވެރިއެއްގެ ގޮތުގައި ސޮއި
    ކުރާ ފަރާތަށް އެކަނި.

އޭގެ އިރުތުންވެސް، އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި، އެއްބަސްވުމުގައި ސޮއިކުރަން
ހާޒިރުވާ ހުރިހާ އެންމެން ވެސް ތިމާއާއި އެހެން ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި، ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަކީ އެދެވިގެންވާ ކަމެއް ކަމުގައިވެސް އެޗް.ޑީ.ސީން ބުނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް