Support Us

މަކަރާއި ހީލަތުން މީހެއްގެ އަތުން 60 ހާހަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގައި ބާރަށު މީހަކު ހޯދަނީ

މަކަރާއި ހީލަތުން މީހެއްގެ އަތުން 60 ހާހަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއްގެ ތަހުގީގަށް ހއ. ބާރަށުގެ މީހަކު ހާޒިރުވުމަށް އަންގައި، އެ މީހާގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންްމުކޮށްފިއެވެ.

ފުލުހުން ބުނީ 7233204 ނަންބަރުން މީހަކަށް ގުޅައި މަކަރާއި ހީލަތުން 60،186.68ރ. ހޯދައިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ހއ. ބާރަށް، ކޭސީވިލާ، އިބްރާހީމް ރަޝީދު (36 އަހަރު)

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A284911

ހާޒިރުކުރެވޭ ހައިސިއްޔަތު: 2021 ޖޫން 05 ވަނަ ދުވަހުގެ ވަގުތެއްގައި 7233204 ނަންބަރުން މީހަކަށް ގުޅައި މަކަރާއި ހީލަތުން 60،186.68ރ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް.

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، 2021 އޯގަސްޓް 08 ވަނަ ދުވަހުގެ 16:00 އަށް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް