Support Us

ގްރޭޓާ މާލެ ގްރިޑް މެދުވެރިކޮށް އެއް ވިއުގައަކުން ކަރަންޓުދިނުމުގެ މަސައްކަތް ސްޓެލްކޯގެ އިންޖިނިއަރުންކުރަނީ -ފޮޓޯ: ސްޓެލްކޯ

ގްރޭޓާމާލޭ ކަރަންޓު ވިއުގަ ގުޅާލުމުގެ އެންމެ ފަހުގެ މަސައްކަތްތައް މާދަމާ އާއި ހޮނިހިރުގައިވެސް

ގްރޭޓާމާލޭ ކަރަންޓު ވިއުގަ ގުޅާލުމުގެ އެންމެ ފަހުގެ މަސައްކަތްތައް މާދަމާ އާއި ހޮނިހިރުގައި ވެސް ކުރިއަށްދާނެ ކަމަށާއި އިތުރު ޓެކްނިކަލް މައްސަލައެއް ދިމާނުވާ ނަމަ، ހޮނިހިރު ދުވަހަކީ މަސައްކަތުގެ އެންމެ ފަހު ދުވަސް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ. އަދި މަސައްކަތް ހިނގަމުންދާއިރު މި ދެ ދުވަހުވެސް ހުޅުމާލެ އާއި މާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އެބައޮތް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ސްޓެލްކޯ އިން ކުރިން ތާވަލްކޮށްފައި އޮތީ މި މަސައްކަތް މިއަދު ނިންމާލާ ގޮތަށެވެ. ނަމަވެސް، މާދަމާއާއި އަނެއް ދުވަހު ވެސް މަސައްކަތް ކުރާގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ.

ގްރޭޓާމާލޭ ގްރިޑް ކަނެކްޝަނަކީ މާލެ އާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132ކޭވީގެ 7 ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލެވޭ މަޝްއޫއެކެވެ.

މި މަޝްރޫއުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރާއި އަދި ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ބަހައްޓައިފައެވެ. މި ކަރަންޓު ވިއުގައިގެ ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވެއެވެ.

މާލެއާއި ހުޅުމާލޭގެ އިންޖީނުގެ ގުޅައިލައި، ގްރޭޓާ މާލެ ގްރިޑް މެދުވެރިކޮށް އެއް ވިއުގައަކުން ކަރަންޓުދިނުމުގެ މަސައްކަތް ކާމިޔާބުކަމާއެކު މި މަހު 18 ގައި ވަނީ ނިންމާލައިފިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް