Support Us

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 176.55 ކިލޯގްރާމްގެ މަސްތުވާތަކެތި ނައްތާލައިފި

އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 176.55 ކިލޯގްރާމްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.

އެގޮތުން، ދޫނިދޫގައި މިއަދު ނައްތާލާފައި ވަނީ 2006 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 1000 ގްރާމް ކެނަބިސްއާއި 2016 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 2925.952 ގްރާމް ކޮކޭންގެ އިތުރުން 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ޑިސެމްބަރ މަހުގެ ނިޔަލަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން ނައްތާނުލެވިހުރި ތަކެއްޗާ އަދި މި އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 71874.1000 ގްރާމް ހެރޮއިން ކަމަށް ފުލުހުންބުނެއެވެ.

އެ ތަކެތީގެ ތެރޭގައި ހިމެނެނީ 5418 ރަބަރު ޕެކެޓާއި 3312 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 351 ދަޅާއި 193 ބުލެޓާއި 15 ބިޑިއާއި 1460 ބޭސް ގުޅަ އަދި އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 3746 އައިޓަމެކެވެ. އެހެނިހެން އައިޓަމްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމަށްޓަކައި ގެންގުޅޭ އާލާތްތައް ހިމެނެއެވެ.

އޭގެ އިތުރުން، ނައްތާލި ތަކެތީގެ ތެރޭގައި 146412.7270 ގްރާމް ހެރޮއިންއާއި، 19003.6029 ގްރާމް ކެނަބިސްއާއި، 36.1817 ގްރާމް އެމްފެޓަމިންއާއި، 714.6503 ގްރާމްގެ މެޓަމްއެމްފެޓަމިން ރެސިމޭޓްއާއި، 596.8731 ގްރާމް އެމްޑީއެމްއޭގެ އިތުރުން 9784.5774 ގްރާމް ކޮކޭން ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް