ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 6،720 ފުލެޓުގެ ތެރެއިން ފުރަތަމަ 118 ފްލެޓުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށް ތަޅުދަނޑިފަތި ހަވާލުކޮށްފިއެވެ.
ހުޅުމާލޭ ހުރަވީ ސްކޫލުގައި، އެއްބަސްވުމުގައި ސޮއިކޮށް މިއަދު ތަޅުދަނޑިފަތި ހަވާލުކުރި 118 ފްލެޓަކީ ޖުލައި 12 ވަނަ ދުވަހުގެ މެންދުރުފަހާ ހަމައަށް ހުޅުމާލެ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އަށް ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން H9 ކެޓަގަރީން ހޮވިފައިވާ މީހުން ކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އަދި އެއްވެސް ހާލަތެއް ދިމާވެގެން ފޯމު ހުށަހެޅުން ލަސްވެފައިވާ ފަރާތްތަކަށް ފަހުން ވަކި ތާރީޚެއްގައި ސޮއިކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.
އެޗް.ޑީ.ސީން ބުނީ ސޮއިކުރުމުގެ މަސައްކަތް ތާވަލު ކުރެވިފައި ވަނީ ޓަވަރުތައް އެކި ދުވަސްތަކަށް ބަހާލައިގެން ކަމަށެވެ. މިގޮތުން ސޮއި ކުރުމުގެ މަސައްކަތް އަންނަ މަހުގެ 15 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެގްރިމަންޓު ސޮއި ކުރުމަށް ރޭވިފައިވާ ގޮތް:




advertisment