ފިހާރަތަކުން ވިޔަފާރި ކުރުމަށްފަހު ސައްހަ ނޫން ޓްރާންސެކްޝަން ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް ހއ. ދިއްދޫ މީހަކު ހާޒިރުވުމަށް އަންގައި، އެ މީހާގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންްމުކޮށްފިއެވެ.
ފުލުހުން ބުނީ އެކި ދުވަސް މަތިން ތަފާތު ފިހާރަތަކުން ވިޔަފާރި ކުރުމަށް ފަހު ސައްހަ ނޫން ޓްރާންސެކްޝަން ސްލިޕް ފޮނުވާފައިވާ މައްސަލައިގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރު ކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
ތަހުގީގަށް ހާޒިރުވާންޖެހޭ މީހާގެ މައުލޫމާތު:
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ހއ. ދިއްދޫ، ވިނޯލިޔާ، އިބްރާހީމް ޚަލީލް (32 އަހަރު)
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A291528
ހާޒިރުކުރެވޭ ހައިސިއްޔަތު: އެކި ދުވަސް މަތިން ތަފާތު ފިހާރަތަކުން ވިޔަފާރި ކުރުމަށް ފަހު ސައްހަ ނޫން ޓްރާންސެކްޝަން ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް
ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، 2021 ޖުލައި 15 ވަނަ ދުވަހުގެ 16:00 އަށް



advertisment