ރ. އަލިފުށީގައި ބިދޭސީއަކު ދިރިއުޅޭ ގެއަކުން ވަގަށް ނެގި 19،000 ރުފިޔާ ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ އަލިފުށީގައި ބިދޭސީއަކު ދިރިއުޅޭ ގެއަކުން ފައިސާތަކެއް ވަގަށް ނަގާފައިވާ ކަމަށް މި މަހުގެ 5 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އަލިފުށި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އެ ރަށުގެ ތިން ގެއެއް ބަލައި ފާސްކޮށް 19،000 ރުފިޔާ ހޯދައިފައިވާ ކަމަށެވެ. އެ ފައިސާތައް މިހާރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
މި މައްސަލަ އަލިފުށީ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



advertisment