Support Us

ކޮވިޑް ކޮންޓްރޯލްކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދޭން ސަރުކާރުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ހަމަކުރުމަށްފަހު 14 ދުވަސް ހަމަކޮށްފައިވާ މީހުންނަށާއި އަދި ރިޒޯޓްތަކުގައި މަސައްކަތްކުރާ މީހުންނަށާއި އަދި އެނޫންވެސް ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ނިންމައިފައިވާ ކަމަށެވެ.

މިގޮތުން ވެކްސިންގެ ދެޑޯޒް ހަމަކުރުމަށްފަހު 14 ދުވަސް ހަމަކޮށްފައިވާ މީހުންނަށް، މޮނިޓަރިންގައި ނެތް ރަށްތަކަށް، ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކީގައި ދަތުރުކުރެވޭ ގޮތަށް މިހާރު އުސޫލަށް ބަދަލުގެނެސްފައިވާ ކަމުގައި މަބްރޫކް ވިދާޅުވިއެވެ. މިއާއެކު މިހާރު ވެކްސިންގެ ދެ ޑޯޒްހަމަކޮށް 14 ދުވަސް ހަމަކޮށްފައިވާ މީހުން މާލެއިން އެހެން ރަށްރަށަށް ދަތުރުކުރުމުގައި، މޮނީޓަރިންގައި ނެތް ރަށެއްނަމަ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ކަރަންޓީނު ވުމަކާ ނުލައި ދަތުރުކުރެވޭނެއެވެ.

ރިޒޯޓްތަކުގައި މަސައްކަތްކުރާ މީހުންނަށް ދޭ ލުއިތަކުގެ ތެރޭގައި، ރިޒޯޓްތަކުން ކޮންމެ މަހަކު އެއް ފަހަރު އެރިޒޯޓެއްގެ 10 އިންސައްތަ މުވައްޒަފުންގެ ރޭންޑަމް ސާމްޕަލް، އެކްޓިވް ސަވައިލަންސްގެ ގޮތުގައި ނަގަންޖެހޭގޮތަށް ހަމަޖެއްސުމާއެކު، އެގޮތަށް ކަންކުރާ ރިޒޯޓްތަކުގެ މުވައްޒަފުންނަށް، މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުމުގައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަަކޮށް 14 ދުވަސް ހަމަވެފައިިވާނަމަ ކަރަންޓީނު ވުމަކާ ނުލައި ދަތުރުކުރެވޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

ބޭރުގެ ޕޯޓްތަކުން ރާއްޖެއަށް ވަންނަ އިންޓަރނޭޝަލް ޓްރެވެލާސްއަށް ދޭ ލުއިތަކުގެ ތެރޭގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސް ހަމަކޮށްފައިވާނަމަ 96 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓެއް ގެނައުމާއެކު ހަތް ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް ރިލީސް ސާމްޕަލް ނަގަންޖެހޭ ގޮތަށް މިހާރު ވަނީ އުސޫލުގައި ހިމަނާފައެވެ. އެގޮތުން ވެކްސިންގެ ގޮތުގައި ރާއްޖެއިން ބަލައިގަންނާނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ޑަބްލިއު.އެޗް.އޯ އިިން "އެމަޖެންސީ ޔޫސް ލިސްޓު"ގައި ހިމަނާފައިވާ ވެކްސިންތައް ކަމުގައި ވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެ އަންނަ ފަތުރުވެރިނަށް ދޭ ލުއިތަކުގެ ތެރޭގައި، ދެކުނު އޭޝިޔާ ސަރަޙައްދުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް 15 ޖުލައި އިން ފެށިގެން ރިޒޯޓުތަކަށް ދަތުރުކުރެވޭ ގޮތަށް ލުއިދިނުން ހިމެނެއެވެ. ހަމަ މިއާއެކު އެޗް.ޕީ.އޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ދާއިމީ ގޮތެއްގައި ރިޒޯޓްތަކުގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަންޖެހޭނެ ކަމުގައި ވެސް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދޭ ލުއިތަކުގެ ތެރޭގައި މާލެ ސަރަޙައްދުގައި މިހާރު ކަނޑައަޅާފައި އޮތް ކާފިއު ގަޑި އުވާލުން ވެސް ހިމެނެއެވެ. އަދި އެއާއެކު ވިޔަފާރިތަކާއި ކެފޭ ރެސްޓޯރެންޓްތަކާއި، ސިނަމާ ފަދަ ތަންތަނުގެ ޚިދުމަތްދިނުމަށް ލިބިގެންދާނެ ލުއިތަކާއި އަދި މުބާރާތްތައް ނުހިމެނޭ ގޮތަށް ކުޅިވަރު ކުޅުން ފަދަ ކަންކަމަށް ދޭ ލުއިތަކުގެ ތަފްޞީލުތައް ވެސް މި ޕްރެސް ކޮންފަރެންސްގައި މަބްރޫކް ޙިއްޞާކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް