Support Us

އައްޑޫ ސިޓީ ހިތަދޫ "މޯހިރި" ދޯނި ބިނދިފައި.. -ފޮޓޯ: އެމް.އެން.ޑީ.އެފް

ހުވަދޫ ކަނޑުގައި މަސްވެރިކަން ކުރަން އުޅުނު ހިތަދޫގެ ފައިބަރު ދޯންޏެއް ދެބުރިވެއްޖެ

ހުވަދޫ ކަނޑުގައި މަސްވެރިކަން ކުރަން އުޅުނު އައްޑޫ ސިޓީ ހިތަދޫގެ ފައިބަރު ދޯންޏެއް، ކަނޑު ގަދަވުމުގެ ސަބަބުން ދެބުރިވެއްޖެއެވެ. އަދި 25 ފަޅުވެރިންނާއެކު ހާލުގައި ޖެހުނު ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑުން ފަށައިފިއެވެ.

އެމް.އެން.ޑީ.އެފުން ބުނީ "މޯހިރި" ނަމަކަށް ކިޔާ މި ދޯނި ބިނދުނީ ގއ. ދެއްވަދޫއާ 8.95 ނޮޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅެނިކޮށް، ކަނޑު ގަދަވުމުގެ ސަބަބުން ކަމަށެވެ.

ދޯނި ބިނދިގެން ދެބުރި ވަކިވިއިރު މަސްވެރިންގެ އެއްބަޔަކު ތިބީ ކުރީ ބައިގައެވެ. އަނެއް ބަޔަކު ފަހަތު ބައިގައެވެ. ދޯނި ބިންދައިގެންދިޔަތާ ގިނަ އިރުތަކެއް ނުވެ، އެހެން ދޯނިފަހަރާއި ކޯސްޓްގާޑުން ވެސް އެ ހިސާބަށް ހިނގައްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫ "މޯހިރި" ދޯނި ބިނދިފައި.. -ފޮޓޯ: އެމް.އެން.ޑީ.އެފް

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް