އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކިންއާ ދެކޮޅަށް އެކި ގައުމުތަކުން ކުރާ މަސައްކަތަށް ބަލައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކޮންމެ އަހަރަކު ނެރޭ ޓްރެފިކިންގ އިން ޕަރސަންސް (ޓިޕް) ރިޕޯޓުން ރާއްޖެ ކުރިއެރުން ހޯދައިފިއެވެ. ޑިފެންސް މިނިސްޓްރީން މިއަދު ބުނީ ޓިއަރ 2 އަށް ރާއްޖެ ޕްރޮމޯޓުވީ ވިދިވިދިގެން ތިން އަހަރު ވޮޗްލިސްޓުގައި އޮތުމަށްފަހު ކަމަށެވެ.
ރާއްޖޭގެ ޓްރެފިކިންގ ރެކޯޑަށް ބެމަށްފަހު، އެމެރިކާ ސަރުކާރުން 2017 ވަނަ އަހަރު ވަނީ ޓްރެފިކިންގ ވޮޗްލިސްޓުގައި ރާއްޖެ ހިމަނައިފައެވެ. އަދި 2020 ވަނަ އަހަރު ރާއްޖެއިން ވަނީ، އިންސާނީ ވަގުފާރިއާ ދެކޮޅަށް އާ އެކްޝަން ޕްލޭނެއް އެކުލަވާލައި، ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީގެ އޮނިގަނޑާއި ހިންގުން ހަރުދަނާކޮށް، ޓިއަރ 3 އަށް އޮޓޮމެޓިކުން ޑައުންގްރޭޑުވިޔަ ނުދީ ސަލާމަތްވެފައެވެ. ޓިއަރ 3 އަށް ވެއްޓުމަކީ، އެމެރިކާ ސަރުކާރުން ރާއްޖެއަށް ދޭ ނޮން-ހިއުމެނިޓޭރިއަން އެހީ ކަނޑައިލުމަށް މަގުފަހިވާނެ ކަމެކެވެ.
ޓިޕް ރިޕޯޓުގައި ރާއްޖެއިން މަތީ ގިންތިއަކަށް ޕްރޮމޯޓުވެފައިވާ ކަމުން ރަމްޒުކޮށްދެނީ، ނުހަނު ދަތި އުނދަގޫ ޙާލަތުގައިވެސް، އިންސާނީ ވަގުފާރިއާ ދެކޮޅަށް، މިދިޔަ އަހަރުގެ ތެރޭގައި، ދިވެހި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން، ބޮޑު ކުރިއެރުމެއް ޙާސިލްވެފައިކަން ކަމުގައި އެމެރިކާ ސަރުކާރުން ދެކޭ ގޮތުގައި ވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ.
މި ކަމާ ގުޅިގެން މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވަނީ، ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކުގައިވެސް، އިންސާނީ ވަގުފާރިއާ ދެކޮޅަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ދޭ އަޙައްމިއްޔަތުކަމާއި ޚާއްޞަ އިސްކަން ފާހަގަކުރައްވައި، އެމަނިކުފާނަށާއި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ޝުކުރުއަދާކުރައްވާފައި ކަމަށް ވެސް އެމް.އެން.ޑީއެފުން ބުނެއެވެ. އަދި 1 ޑިސެމްބަރ 2019 އިން ފެށިގެން، މިނިސްޓްރީ އޮފް ޑިފެންސުން ރިޔާސަތު ބަލަހައްޓާ، ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީގެ ރައީސް އަދި ޑިރެކްޓަރ އޮފް އެންޓި-ހިއުމަން ޓްރެފިކިންގ ޢަލީ ޖައިޝަން ޢާމިރާއި ކޮމިޓީގެ ހުރިހާ މެންބަރުންގެ ބުރަ މަސައްކަތްޕުޅާއި، ކޮމިޓީއަށް އެއްބާރުލުން ދެއްވާ ފަރާތްތަކުގެ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަނާވަނީ ޝުކުރު އަދާކުރައްވާފައި ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ.
Following ???????? upgrade to Tier 2 in US @StateDept’s #TIPReport2021 after being put on watchlist based on 2017’s performance, Minister @MariyaDidi thanks HEP @ibusolih’s Govt for facilitating key steps in 2020 despite #COVID19 constraints.
News in Dhivehi:https://t.co/pLNDMTG8wN pic.twitter.com/gboKMfknvt
— Ministry of Defence (@MoDmv) July 2, 2021
"އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން އެކުލަވާލައްވާފައިވާ އެކްޝަން ޕްލޭންގެ ދަށުން، މިދިޔަ އަހަރުގެ ތެރޭގައި، ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ޙާސިލްކޮށްފައެވެ. އޭގެ ތެރޭގައި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ޝެލްޓަރެއް ގުޅީފަޅުގައި ޤާއިމްކުރުމާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިންގާ ގޮތަށް އެންޓި-ޓްރެފިކިންގ އިން ޕަރސަންސް (އެންޓި-ޓިޕް) އޮފީސް ޤާއިމްކުރުމަށާއި އެކްޝަން ޕްލޭން ތަންފީޛުކުރުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނު، އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްއާ އެއްގޮތްކުރަން ޤާނޫނަށް ބަދަލުގެނައުން ހިމެނެއެވެ." ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.



advertisment
One Response
އަދި އިންޑިއާއިންނާއި އިސްރާއީލުން ނެރޭ ރިޕޯޓްގައި މާ މަތީން ރާއްޖެއަށް މާކުސްދޭނެ.