ސިނަމާލެ ފްލެޓްގެ އެޕާޓްމަންޓަކުން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން މީހަކު ހޯދަން އޭނާގެ ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހު ބުނީ ވީޑިއޯއިން އެ ފެންނަ މީހަކީ 2021 މެއި 19 ވަނަ ދުވަހުގެ ވަގުތެއްގައި ގ. ސިނަމާލެ ފްލެޓްގެ އެޕާޓްމަންޓަކުން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި މާސްކް އަޅައިގެން ހުރި މީހަކު ފްލެޓްތެރެއަށް ވަންނަ މަންޒަރާއި ސައިކަލްގައި އަންނަ މަންޒަރު ފެނެއެވެ. އޭނާ ވަގަށް ނެގީ ކޮން އެއްޗެއް ކަމެއް ނުބުނެއެވެ.
"ވީމާ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ. މި މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 487420 އެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.



advertisment